March 11, 2026
Advertisement
ސިނަމާލެ ބުރިޖު
ސިނަމާލެ ބުރިޖު / ސޯޝަލް މީޑިއާ

ސިނަމާލެ ބުރިޖު ކައިރިން އޮޔާދަނިކޮށް ފެނުނީ ނޭޕާލު އަންހެނެއް: ފުލުހުން

Mariyam Isaadha
މަރިޔަމް އިސާދާ
Jun 13, 2024, 10:21 PM
މާލެ ސިޓީ

ސިނަމާލެ ބުރިޖު ކައިރިން އޮޔާދަނިކޮށް ފެނުނީ ނޭޕާލު އަންހެނެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންފެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ، މެއި މަހުގެ 25 ވަނަ ދުވަހުގެ 12:30 ހާއިރު ސިނަމާލެ ބްރިޖް ކައިރިން މީހަކު އޮޔާދާ ކަމަށް މައުލޫމާތު ލިބުމުން ފުލުހުން ވަގުތުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި އެ އަންހެން މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ އޮތީ މަރުވެފައިކަމަށާ އެއީ ނޭޕާލު އަންހެނެއްކަން ތަހުގީގުތަކަށް އެނގިފައިވާ ކަމަށެވެ.

އެގޮތުން އެ އަންހެން މީހާއަކީ މާލޭގެ ގެސްޓު ހައުސެއްގައި މަސައްކަތްކުރަމުން ދިޔަ، އުމުރުން 25 އަހަރުގެ ނޭޕާލު ރައްޔިތެއް ކަން ފުލުހުންނަށް މިހާރު ޔަގީންވެފައިވާ ކަމަށާ އެ އަންހެން މީހާ މެއި މަހުގެ 25 ވަނަ ދުވަހުގެ 11:19 ހާއިރު އޭނާ ލޯބީގެ ގޮތުން ގުޅުގެން އުޅޭ ބިދޭސީއަކާއެކު މާލޭގެ މަގުތަގައި ހަރަކާތްތެރިވެފައިވާ މަންޒަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ސާމިހު ހާމަކުރެއްވި ގޮތުގައި އޭނާ އެންމެ ފަހުން ދިރިހުއްޓާ ފެނިފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުގެ 11:27 އެހާ ކަން ހާއިރު ކަމަށާ އޭނާ ދިޔައި ބުރިޖު މަތިން އެކަނި ހިނގާފައި ކަމަށެވެ.

އެ މަންޒަރު ސީސީޓީވީއަށް ކެޕްޗަރ ކުރެވިފައިވާއިރު އެ އަންހެން މީހާގެ މަރުގައި އިތުރު ފަރާތެއްގެ ސީދާ ބައިވެރިވުމެއް އޮތްކަމެއް ތަހުގީގަށް އަދި ފާހަގަކުރެވިފައިނުވާ ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved