March 11, 2026
Advertisement
މިއަދުގެ މުޒާހަރާ ތެރެއިން
މިއަދުގެ މުޒާހަރާ ތެރެއިން / ސޯޝަލް މީޑިއާ

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުގެ އިސްވެރިންނާއި ބައެއް މަޖިލިސް މެންބަރުން ދެކޮޅު ހަދާތީ އާންމުންގެ ކަންބޮޑުވުން

Aminath Zara
އައިމިނަތު ޒާރާ
Jun 14, 2024, 01:12 AM
މާލެ ސިޓީ

ފަލަސްތީނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެ ގައުމުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެނުވެވޭނެހެން ފިޔަވަޅު ނެގުމާއި ދެކޮޅަށް ބައެއް މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވާހަކަދައްކަވަމުން ގެންދާތީ އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

Advertisement

ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އެންމެ ގަދަޔަށް ދެކެވޭ އެއްވާހަކައަކީ ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ބިރުން އުޅޭ ވާހަކައެވެ. މިގޮތުން ސިޔާސީ މަންފާއަށާއި މަދު ޑޮލަރު ކޮޅެއްގެ ދަހިވެތިކަމުގައި އިސްލާމީ ފޭރާން ވީދާނުލުމަށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.

އިސްލާމީ ވެރިކަން ގާއިމުކުރުމަށް ހުވާ ކުރައްވައި ރައީސް މުއިއްޒު ވަނީ މުސްލިމުން ނިކަމެތިކޮށްފައި ކަމަށާއި އިޒްރޭލުން ހިންގާ އަމަލުތަކަށް ފިޔަވަޅު ނުނެގުމުން ދޭހަވަނީ އިޒްރޭލަށް ވުރެ ދިވެހިރާއްޖޭގެ ސަރުކާރު އަނިޔާވެރިވެފައިވާ މިންވަރު ކަމަށް ބުނެފައިވެއެވެ. އިސްލާމީ އުއްމަތާއި ދެކޮޅަށް ހިންގަމުން މިދަނީ ސީދާ މުސްލިމުން ނެތިކޮށްލުމަށް ފަށާފައިވާ ހަނގުރާމައަކަށް ވާއިރު، މުސްލިމުން މުސްލިމުންނަށް އެހީނުވެ އިތުރަށް އެހީވާން ބަޔަކު ނާންނާނެ ކަމަށް އެކި ޕޯސްޓްތަކުން ފެންނަމުންދެއެވެ.

ރިޒުގު ދެއްވަނީ މާތްﷲ ކަމަށާއި މިހާރުން މިހާރަށް އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުން އވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved