March 20, 2026
Advertisement
ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް
ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް / ސޯޝަލް މީޑިއާ

ކުޅުދުއްފުށި ސިޓީގައި ހުންނަ ކްލިނިކަކުން ވައްކަންކުރި މައްސަލައެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 14, 2024, 10:08 PM
މާލެ ސިޓީ

ކުޅުދުއްފުށި ސިޓީގައި ހުންނަ ކްލިނިކަކުން ވައްކަން ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

Advertisement

ވައްކަން ކޮށްފައިވަނީ އެ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކުންނެވެ. އެ ކްލިނިކުން ވައްކަން ކުރިކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ކުޅުދުއްފުށި ސިޓީގައި ހުންނަ ކްލިނިކަކުން ވައްކަންކޮށްފައިވާ ކަމަށެވެ.

އެކަމަކު، މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ

އެ ކްލިނިކުން ވަގަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި، މެޝިނަށް ލައްވާ ބެޓެރީއާއި ކްލިނިކްގައި ބޭނުންކުރާ ދެ ފޯނު ވެސް ހިމެނެއެވެ. އަދި، ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖައްސަން އެ ތަނުގައި ބޭނުންކުރި އަންއިންޓްރަޕްޓެޑް ޕަވާ ސަޕްލައި (ޔޫޕީއެސް) ވެސް ހިމެނެއެވެ..

އީދު ބަންދާއި ދިމާކޮށް ވައްކަމުގެ މައްސަލަތައް ކޮންމެ އަހަރަކުވެސް އިތުރުވެ އެވެ. އެހެންވެ ފުލުހުން އަންނަނީ ވައްކަން ކޮށްފާނެކަމަށް ބެލެވޭ ހުރިހާ ދޮރުތަކެއް ރަނގަޅަށް ބަންދު ކުރުމަށްފަހު އީދު ޗުއްޓީއަށް ތަންތަނަށް ދިޔުމަށް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved