March 11, 2026
Advertisement
މިރޭގެ އެއްވުމުގެ ތެރެއިން
މިރޭގެ އެއްވުމުގެ ތެރެއިން / ސޯޝަލް މީޑިއާ

ސަހްޔޫނީންނަށް ހަމްދަރުދީ ވާ ފަދަ ވާހަކަ ގާސިމް ދެއްކެވުމުން ވިލާގެ ވިޔަފާރިތައް ބޮއިކޮޓް ކުރަން ގޮވާ އަޑު ގަދަވަނީ

Aminath Zara
އައިމިނަތު ޒާރާ
Jun 15, 2024, 01:56 PM
މާލެ ސިޓީ

އިޒްރޭލް ޕާސްޕޯޓް މަނާކުރުމާއި ދެކޮޅަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވާހަކަ ދެއްކެވެމުން ގާސިމްގެ ވިޔަފާރިތައް ކަމަށްވާ ވިލާ ބްރޭންޑް ބޮއިކޮޓް ކުރުމަށް ދިވެހިން ގޮވާލައިފިއެވެ.

Advertisement

އަމީނީ މަގު ޕިއްޒާ ހަޓް ކުރިމަތީ ރޭ ކުރިއަށް ގެންގޮސްފައިވާ އެއްވުމެއްގައި ސިޔާސީ މަންފާއަށް އަމިއްލަ އެދުން އިސްކޮށް ފަލަސްތީނުގެ މުސްލިމުންގެ ހައްގުތައް އެއްފަރާތްކޮށް ވާހަކަދައްކާ ފަރާތްތަކަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް މި އެއްވުމުގައި ގޮވާލާފައިވެއެވެ. ވިލާ ކުންފުނީގެ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ބޯޑުތަކެއް ހިފައިގެން މި އެއްވުމުގެ ބައިވެރިން ހަރަކާތްތެރިވެފައިވެއެވެ.

މީގެ އިތުރުން، ޝެއިޚް އަހްމަދު ނިޝާން ވަނީ މި އެއްވުމުގައި ބައިވެރިވެ ޔަހޫދީން އަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޮޓް ކޮށް އިޒްރޭލާއި ރައްޓެހިކަން ބާއްވާ ފަރާތްތަކާއި ގުޅުން ކަނޑާލުމަށް ގޮވާލާފައެވެ.

ގާސިމްގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް އަންނަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި ދެކޮޅު ހަދަމުންކަން ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved