March 18, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ސަހްޔޫނީ ޕާސްޕޯޓް މަނާކުރީ ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 9, 2025, 09:26 PM
މާލެ ސިޓީ

ސަހްޔޫނީ ޕާސްޕޯޓް މަނާކުރީ ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެން ކަމަށް ރައިސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ސަހްޔޫނީ ޕާސްޕޯޓަކީ ރައިސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ފެނިވަޑައިގަނެގެން ކުރެއްވި ކަމެއް ގޮތުގައި ބުނެ ކްރެޑިޓު ނެންގެވިޔަސް އެކަމަކީ ރައްޔިތުންގެ ޕްރެޝަރ ބޮޑުވެގެން ކުރެއްވި ކަމެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 330 ދުވަސް ވަންދެން މި މައްސަލަ ނުނިންމާ، ރައްޔިތުންގެ ނުފޫޒުން ކުރި ކަމެއްގެ ކްރެޓިޓް އެބޭފުޅާއަށް ނެގިގެން ނުވާނެކަމަށް ރައީސް ޔާމިން ވިދާޅުވެފައިވެއެވެ.

މެލޭޝިއާއިން މުއިއްޒުއަށް މިދެންނެވީ، އިސްރާއިލް ޕާސްޕޯޓް މަނާކުރުން ތީ ވަރަށް ހިތްވަރު ގަދަ ކަމެކޭ ތިމަންނަމެން ވަރަށް އެޕްރިޝިއޭޓް ކުރަމޭ، ބުނީމަ މި ވިދާޅުވަނީ އެކަމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި ތިމަންނަމެން ފަހުރުވެރިވާ ކަމެކޭ، އެެއީ އެކަމަކު ﷲ ދެނެ ވޮޑިގެންވޭ ދިވެހިރާއްޖޭގެ ތިބި މީހުންނަށް އެންގޭ، އެއީ މިބޭފުޅާކުރެއްވި ކަމެއް ތޯ؟ 330 ދުވަސް ވަންދެން މައްސަލަ ނުނިންމާ ޕާކްކޮށްފަ އޮތީ. ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެން އެކަމަކު އެހިސާބަށް ދިޔައިމައި ހުރިހާ ކްރެޑިޓެއް ނަގަން ފުންމައިގެން މިތެދުވީ.

ރައީސް ޔާމީން

ޣަނީމާ މުދާ ބަހާއިރުވެސް ބަހަނީ ހަނގުރާމައިގެ ބައިވެރިވާ ފަރާތްތަކަށް ކަމަށާއި ރައިސް މުއިއްޒުއަކީ ކްރެޑިޓު ނަގަން އެ ހަނގުރާމައިގަވެސް ބައިވެރިވި ފަރާތެއް ނޫން ކަމަށް ރައިސް ޔާމިން ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒު ކްރެޓިޓް ނަންގަވަން ބޭނުން ފުޅުވާނަމަ އެ މައްސަލައަކީ އެދުވަހުން އެދުވަހަށް ނިންމަން ޖެހޭ މައްސަލައެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved