

ފަލަސްތީނުގެ ރައްޔިތުންނަށް ސަހްޔޫނީން ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކަށް ނަސްލު ހޭދަ ހުއްޓަލަންދެން ރާއްޖެއަށް ސަހްޔޫނީ ޕާސްޕޯޓުގައި އެތެރ ނުވެވޭ ގޮތަށް ފާސްކުރި ފާސްކުރުން ބަދަލުކުރަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައިފިއެވެ.
އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަހްޔޫނީ އަނިޔާވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހުށަހަޅާ އިސްލާހު މިހާރު އޮތް ގޮތަށް ވެސް ފާސްކުރަން ތާއީދު ކުރައްވާނެ ކަމަށެވެ. ނަމަވެސް، މިހާރު އިސްލާހުގައިވާ ގޮތުން ލާއިންސާނީ އަމަލުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތްތައް، ހާއްސަކޮށް އިޒްރޭލުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ ސަރުކާރު ނުވަތަ އެ ނިރުބަވެރި ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް، މިހާރު ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގާ ލާއިންސަނީ އަމަލުތައް މެދުކަނޑާލުމަށްފަހު ނުވަތަ ހުއްޓާލުމަށްފަހު ދެން ރާއްޖެއަށް އައުމުގެ ފުރުސަތު ފަހިވާނެ ކަމަށް ފެންނާތީ އެފަދައިން އެ އަނިޔާވެރިންނަށް އަމަލުނުކުރެވޭނެ ފަދަ ގޮތަކަށް އިސްލާހުގައިވާ އިބާރާތް ބަދަލު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް އަޒާން ވިދާޅުވިއެވެ.
މިއީ އިމިގްރޭޝަން ޤާނޫނަށް ހުށަހަޅައިފައިވާ އިސްލާޙު ކޮމިޓީން ނިންމި ގޮތް. ފަލަސްތީނުގެ ބިމަށް ނުޙައްޤުން ވެރިވެ، އެ ރައްޔިތުންނާއި މެދު ޤަތުލު އާންމެއް ހިންގަމުންދާ އިޒްރޭލުގެ އަނިޔާވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހުށަހަޅާ އިސްލާޙު މިހާރު މިއޮތް ގޮތަށް ވެސް ފާސްކުރަން އަޅުގަނޑު… pic.twitter.com/KrgFpe1KxS
— Ahmed Azaan (@axanner) April 14, 2025
އަޒާން ވަނީ އެކަމުގައި އޭނާގެ ދާއިރާގެ ރައްޔިތުންނާ އަދި ދިވެހި އެންމެހާ ރައްޔިތުންވެސް ޚިޔާލާ މަޝްވަރާ ދިނުމަށް އެދިފައެވެ.