March 13, 2026
Advertisement
މާރަންދޫ
މާރަންދޫ / ސޯޝަލް މީޑިއާ

މާރަންދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުން އީދު ކުޅިވަރުން މަހުރޫމްކޮށްފި

Aishath Alaina
އައިޝަތު އަލައިނާ
Jun 15, 2024, 06:15 PM
މާލެ ސިޓީ

ހއ. މާރަންދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުން އީދު ކުޅިވަރުން މަހުރޫމްކޮށްފި ކަމަށް އެ ރަށުގެ މާރަންދޫ ދަންމަރު ޖަމިއްޔާއިން ބުނެފިއެވެ.

Advertisement

އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް އެ ޖަމިއްޔާއިން ވަނީ ކުޅިވަރު ތަކުގެ ލިސްޓެއް އާންމުކޮށްފައި ކަމަށެވެ. އަދި އެރަށުގެ އެކި ރައްޔިތުން ހިމެނޭ ޓީމުތައްވެސް ވަނީ މި ކުޅިވަރުތަކުގައި ބައިވެރިވެފައިކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައިއެވެ.

އެހެން ނަމަވެސް އެރަށު ކައުންސިލުން ވަނީ މި ޖަމިއްޔާއިން ރޭވި ކުޅިވަރުތައް ގެންދިޔުން މަނާކޮށްފައިއެވެ. އަދި އެއްވެސް ކުޅިވަރެއްކުޅެފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައި ވާކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައިއެވެ.

މި ބަޔާނުގައ އިތުރަށް ވަނީ ގާނޫނޫގެ ދަށުން ޖަމިއްޔާއަށް މިފަދަ ކުޅިވަރުތައް ބޭއްވޭނެ އެކި ސަބަބުތައް ހިމަނާފައި އެވެ. އަދި ކައުންސިލުން އެ ޖަމިއްޔާއަށް މިފަދައިން ދަތިތައް ކުރިމަތިކޮށް ފިޔަވަޅު އެޅުމަކީވެސް ގާނޫނީ އެއްވެސް ބުރަދަނެއް ހުރިކަމެއްނޫންކަމަށްވެސް އެ ބަޔާނުގައި ބުނެފައިއެވެ.

އިތުރަށް އެ ޖަމިއްޔާއިން ބުނެފައި ވަނީ ކައުންސިލުގެ މި ނިންމުމަކީ މުޅިން ގާނޫނާއި ޚިލާފުކަމެއް ކަމަށެވެ. އަދި މިއީ ވަރަށް ނާތަހުޒީބުކަމެއް ކަމަށްވެސް ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved