March 13, 2026
Advertisement
މާލޭގެ މަގެއް
މާލޭގެ މަގެއް / އައްޑޫ ލައިވް

އަޟްހާ އީދު ދުވަހު ހަވީރު މާލޭގައި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 4, 2025, 08:19 PM
މާލެ ސިޓީ

އަޟްހާ އީދު ދުވަހު ހަވީރު މާލޭގައި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފިއެވެ.

Advertisement

މާލެ ސިޓީ ކައުންސިލުން ނެރުނު އާންމު އިއުލާނެއްގައި ބުނެފައިވަނީ، 3 ޖޫން 2024 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ، ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދު އަދި އަޟްޙާ ޢީދު މި ދެ ދުވަސް އެހެން ގޮތަކަށް ނިންމާފައި ނުވާކަމުގައިވާނަމަ މާލޭ ސިޓީގައި ވެހިކަލް ނުދުއްވާ ވަގުތެއްގެ ގޮތުގައި ހަވީރު 04:00 އިން 06:00 އަށް ހަމަޖެއްސުމަށް ނިންމާފައި ކަމަށެވެ.

އެހެންކަމުން މި ނިންމުމާއި ގުޅިގެން 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 04:00 އިން އިރުއޮއްސި 06:00އަށް ގްރޭޓަރ މާލޭގެ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ނިންމާފައިވާ ކަމަށް އެ އިއުލާންގައިވެއެވެ.

މި ގަޑިތަކުގައި އެމެޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ އެ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން 06 ޖޫން 2025 ވަނަ ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށް ދޫކުރާނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

އެހެންކަމުން ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި މަތީގައި ދެންނެވިފައިވާ ދުވަހުގެ ހަވީރު 04:00 އިން 06:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކޮށް އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved