March 13, 2026
Advertisement
މިއަދު ހެނދުނު ބޭއްވި އޮނު ބަޑި ޖެހުމުގެ ހަރަކާތުގެ ތެރެއިން
މިއަދު ހެނދުނު ބޭއްވި އޮނު ބަޑި ޖެހުމުގެ ހަރަކާތުގެ ތެރެއިން / ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށީ އީދުގައި މިއަދުވެސް ގިނަ ކުޅިވަރުތަކެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 6, 2025, 05:29 PM
ކުޅުދުއްފުށި ސިޓީ

މިއަހަރުގެ އަޟްހާ އީދު ކުލަގދަކޮށް ފާހަގަކުރަމމުން ދާ ހިސާބުތަކުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށި ސިޓީގައި މިއަދުވެސް އީދުގެ ގިނަ ކުޅިވަރުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި ޢީދު ނަމާދަށް ފަހު އީދު ސަޔަށް އިންސާފުކޮށް އޭގެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ މި ސިޓީގައި އެންމެ ކުރީއްސުރެވެސް އީދާ ދިމާކޮށް ޖަހަމުން އަންނަ އޮނު ބަޑި ޖެހުމުގެ ކުޅިވަރެވެ.

އޮނު ބަޑިއަކީ އޮނު ބޭނުންކޮށް ޖަހާ ބަޑިއެކެވެ. ނަމަވެސް މިހާރު އޮނުގެ ބަދަލުގައި ދަނގަޑުން ހަދާފައިވާ ހޮޅިތަކެއް ބޭނުންކޮށްގެން އޮނު ބޮޑި ޖަހަނީ އޮނު ފަޅައިގެން ގޮސް ނުރައްކާތެރިކަމެއް ހިނގާފާނެތީ ކަމަށް މި ކުޅިވަރުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

އޮނު ބަޑި ޖެހުމުގެ ހަރަކާތުގެ ތެރެއިން
އޮނު ބަޑި ޖެހުމުގެ ހަރަކާތުގެ ތެރެއިން

މިއަދު ހަވީރުން ފެށިގެން ވެސް ގިނަ ކުޅިވަރުތަކެއް ބާއްވަން ވަނީ ރާވާފައެވެ.

އެގޮތުން ހަވީރު 4:15ގައި ފިރިހެނުންގެ ބަންދު ދުއްވުން އަދި ވާދެމުން ކުރިއަށް ދާނެއިރު، 4:30 ގައި ރާނީ ހިނގުން، 5:00ގައި ނަމުރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއަށް ފަހު ރޭގަނޑުގެ ކުޅިވަރުތައް 8:30 ގައި ފަށާނީ ހަވާ އެރުމުންނެވެ. އަދި 8:45 އިން ފެށިގެން ކުރިއަށް ގެންދާނީ ސްޓޭޖު ޝޯ އެވެ.

އީދުގެ ތިން ދުވަހަށް ބަހާލައިގެން ކުޅުދުއްފުށީ ކައުންސިލުން ވަނީ ގިނަ ކުޅިވަރުތަކެއް ރަށުގައި ބޭއްވުމަށް ހަމަޖައްސާފައެވެ.

މިހުރިހާ ކުޅިވަރުތަކެއްވެސް ޗެނަލް 13 އިން ލައިވްކުރާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved