އީދު ފާހަގަކުރުން / ސޯޝަލް މީޑިއާ
ހަބަރު
ކުޅުދުއްފުށި ބޮޑު އީދު ކުޅިވަރުތައް ފަށަނީ، "ޢީދު ގެ" އިން!
Mariyam Isaadha
މަރިޔަމް އިސާދާ
05 ޖޫން 2025
ކުޅުދުއްފުށި ސިޓީ

މި އަހަރުގެ އަޟްހާ އީދު ވަރަށް ފޯރީގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފާހަގަކުރަން ތައްޔާރީތައް ވަމުންދާއިރު، އޭގެ ތެރެއިން އެއް ރަށަކީ ނުވަތަ އެއް ސިޓީއަކީ ކުޅުދުއްފުށި ސިޓީއެވެ.

މި އަހަރުގެ ބޮޑު ޢީދު ސަގާފީ ކުޅިވަރުތަކާ އެކު ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އީދުގެ ކުޅިވަރުތައް އީދު ވިލޭރޭ (މިރޭ) ފަށާނެއެވެ.

އެގޮތުން އެ ސިޓީގެ އީދު ކުޅިވަރުތައް ފަށަނީ އީދަށް ރަށުގެ ގޭގެ ޒީނަތްތެރިކޮށްގެން ވަނަ ހޮވާ މުބާރާތަކުންނެވެ. "ޢީދު ގެ" ނަމުގެ ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 7 ޒީނަތްތެރިކުރުމެއް ފެނިގެން ދާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ސަގާފީ ޒީނަތްތެރިކުރުމާ އަދި ޒަމާނީ ޒީނަތްތެރިކުރުމުން ގެތައް ޒީނަތްތެރިކޮށްފައި ހުންނަ އިރު އިންސާފު ކުރަނީ ހޮވާލެވިފައިވާ ޖަޖުންގެ ޕެނަލަކުންނެވެ. ސަގާފީ ގޮތަށް ޒީނަތްތެރިކޮށްފައި ހުންނަ ގޭގެތައް ވަކި އަދި ޒަމާނީ ގޮތަށް ޒީނަތްތެރިކޮށްފައި ހުންނަ ގޭގެތަކުގެ މިންކުރުން ކުރިއަށް ގެންދާނީ ތަފާތު ދެ ޕެނަލަކުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މުބާރާތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ ދެވަނަ އަށް ހޮވޭ ފަރާތްތަކަށް 5،000 ރުފިޔާގެ ފައިސާ އިނާމް ހުށަހަޅާފައިވެއެވެ. މި މުބާރާތަކީ ކުޅުދުއްފުށި ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

"ޢީދު ގެ" މުބާރާތައް ފަހު ދެން މިރޭ އެ ސިޓީގައި އޮންނާނީ މާލި ނެރުމެވެ. ފޯރި ގަދަ މި ހަރަކާތްތައް ވެނަލް 13 އިން ލައިވް ކުރާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved