March 20, 2026
Advertisement
އެމްޕީއެލް ސީއީއޯ ވަޖީހު
އެމްޕީއެލް ސީއީއޯ ވަޖީހު / އެމްޕީއެލް

އެމްޕީއެލްގެ ސީއީއޯ އެ ކުންފުންޏަށް ޚިޔާނާތްތެރިވެއްޖެ

Aishath Alaina
އައިޝަތު އަލައިނާ
Jun 15, 2024, 07:30 PM
މާލެ ސިޓީ

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރިކަނބަލުންގެ، ފިރިމީހާގެ ބައްޕަ، އަދި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް (ޖުހާ) އެ ކުންފުނީގެ ކާޑުން ތައިލޭންޑުން ބޭސްފަރުވާއަށް ހޭދަކުރިކަން ފަޅާއަރައިފިއެވެ.

Advertisement

މިކަން ހާމަކޮށްފައި ވަނީ ހަސަން ކުރުސީގެ އެކްސްގައިއެވެ. އެ ޕޯސްޓުގައި ވަނީ މި ކާޑު ބޭނުންކޮށްގެން ޚަރަދުކޮށްފައިވާ ތަންތަނުގެ ނަމާ ތަފްސީލުވެސް ހާމަކޮށްފައިއެވެ.

އެގޮތުން އެ ކާޑު ބޭނުންކޮށްގެން ވަނީ ތައިލެންޑްގެ ހޮސްޕިޓަލުތަކުން ބޭސްފަރުވާގެ ޚިދުމަތް ލިބިގަނެމ އަގު ބޮޑެތި ބްރޭންޑުތަކުގެ ފިހާރަތަކުން ވިޔަފާރިވެސް ކޮށްފައެވެ.

މި މައުލޫމާތު ކުރުސީއަށް ފޯރުކޮށްދީފައި ވަނީ ބޭންކޮ އޮފް މޯލްޑިވްސްގެ މުވައްޒަފެއް ކަމަށާއި މައުލޫމާތު ހިއްސާކޮށްފައި ވަނީ ފައިސާ ޚަރަދު ކުރުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް އެ މުވައްޒަފު ތުހުމަތުކުރާތީ ކަމަށްވެސް ކުރުސީ ވަނީ ބުނެފައިއެވެ.

މި ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ މިއީ އެ ކުންފުންޏަށް ވެސް ވެވުނު ޚިޔާނާތެއް ކަމަށެވެ. އަދި މި ފައިސާ އަނބުރާދެއްކި ކަމުގައި ވީނަމަވެސް މިއީ ކޯރްޕޮރަޓެ ގޮވެރްނަންސް ކޯޑު، ފިނަންޝަލް ރެގިއުލޭޝަންސް، އެމްޕީއެލްގެ ފިނޭންސް ޕޮލިސީ އަދި، ޕްރޮކިއުމެންޓު ޕޮލިސީއާއި ޚިލާފުވުން ކަމަށް ކުރުސީ ވަނީ ފާހަގަކޮށްފައިއެވެ.

މިކަން އެމްޕީއެލްއިންވެސް ތެދު ކޮށްފައިވާއިރު މި މަގާމުން ވަޖީހު ވަކި ކުރަން އެ ޕޯސްޓުގައި ވަނީ ގޮވާލާފައިއެވެ.

ކޮމެންޓު
ކޮމެންޓްތައު
މުދައްބިރުއްދައުލާ
Jun 19, 2024, 06:36 AM
ޢެހެންތޭ ؟؟؟؟؟؟
ހހ
Jun 17, 2024, 12:12 AM
އަސްލު ކުލަ ފެންނަންފެށީ. ވޯޓްލާ އިރު ހުސް އޮލަބު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved