March 11, 2026
Advertisement
ލޮރީގައި ގެންދިޔަ ބިދޭސީން
ލޮރީގައި ގެންދިޔަ ބިދޭސީން / ސޯޝަލް މީޑިއާ

ލޮރީއެއްގައި ގިނަ އަދަދެއްގެ ބިދޭސީން އުފުލި މައްސަލަ ބަލަނީ

Aishath Naja
އައިޝަތު ނަޖާ
Jun 16, 2024, 01:59 AM
މާލެ ސިޓީ

ލޮރީ ޓްރަކެއް ގައި ގިނަ އަދަދެއްގެ ބިދޭސީން އުފުލި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

Advertisement

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ލޮރީ ޓްރަކެއް ގައި އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.

އެ ލޮރީގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ތިބޭތަން ފެނެ އެވެ.

އެ މީހުން ހުޅުމާލެ އިން މާލެއަށް ދަތުރުކުރުމަށް ފަހު ލޮރީން ފައިބާ މަންޒަރު ވެސް ފެނެ އެވެ.

ގާތްގަނޑަކަށް ތިރީހަކަށް މީހުން ލޮރީން ފައިބައެވެ.

އެ ވީޑިއޯ ވައިރަލްވުމުން އެއީ ވެސް އިންސާނުންނާމެދު އަމަލު ކުރެވޭނެ ގޮތްތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވެ އެވެ.

އަދި ޖަނަވާރުން އުފުލާ އުސޫލުން އިންސާނުން އުފުލާން ފެށުމަކީ ރާއްޖޭގައި ބިދޭސީންނާމެދު އަމަލު ކުރެވޭ ގޮތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވަނީ އެއީ ގާނޫނީ ގޮތުން މަނާ ކަމެއްކަން ފާހަގަ ކޮށް އެފަދަ ކަންކަން ބަލާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved