March 11, 2026
Advertisement
މާލޭ
މާލޭ / އަވަސް

އީދާއި ދިމާކޮށް މާލެ ސަރަހައްދުގައި މާރާމާރީތައް ބޮއްސުން ލަނީ

Aishath Alaina
އައިޝަތު އަލައިނާ
Jun 16, 2024, 08:17 PM
މާލެ ސިޓީ

ބަރަކާތްތެރި އަލްހާ އީދާއި ދިމާކޮށް މާލެ ސަރަހައްދުގައި މާރާމާރީގެ މައްސަލަތައް ބޮއްސުންލައިފިއެވެ.

Advertisement

ރޭގައި މާލޭގައި ވަނީ ފުރަތަަމަ މާރާމާރީގެ މައްސަލަ ފެންމަތިވެފައިއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި މި މާރާމާރީ ހިންގުމުގެ ސަބަބުން އަނިޔާވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދިން ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ރޭގެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 4 މީހަކު ހައްޔަރުކޮށްފައިއެވެ.

އީދު ދުވަހު ފަތިހު 04:07 ގައި ހުޅުމާލެ ފިލިގަސް މަގުގައި ވަނީ ދެވަނަ މާރާމާރީއެއް ހިނގާފައިއެވެ. އަދި މި މާރާމާރީގެ މައުލޫމާތު ލިބުމުން ދިއުމުން މާރާމާރީ ހިންގި މީހާ، އެ ހިސާބުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތްކުރި ކަމަށާއި ފުލުހުން އެ ކާރު ހުއްޓުވަން މަސައްކަތްކުރުމުން ފުލުހެއްގެ ގައިގައި ޖައްސާފައި ކާރު ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި އަނިޔާވީ މީހާ އަދި ފުލުސް އޮފިސާއަށް ވެސް އަންނަނީ ފަރުވާ ދެމުންކަމަށް ފުލުހުން ވަނީ ބުނެފައިއެވެ.

މާލެ ސަރަހައްދުގައި ހިންގި 3 ވަނަ މާރާމާރީ ހިންގާފައި ވަނީ އީދު ދުވަހު މެންދުރު 12:45 ހާއިރު މާލޭގެ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައިއެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި ދެ މީހަކު ޒަހަމްވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved