ދ. އަތޮޅު ވޮއްމުލި ރިސޯޓު ކައިރިން ރޭ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ހަ ގަޑިއިރު ވަންދެން އޮބްސަރވޭޝަންގައި ބޭއްވުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ވޮއްމުލި ރިސޯޓު ކައިރިން ކަނޑުމަތީގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ އަންހެނަކަށާއި ފިރިހެނަކަށެވެ.
އެ ދެ މީހުންނަށް ދ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި މިހާރު އެ ދެ މީހުންގެ ވެސް ހާލު ރަނގަޅެވެ.