March 10, 2026
Advertisement
ދިރާގުގެ 'ޓެސްލާ' ކާރު
ދިރާގުގެ 'ޓެސްލާ' ކާރު / އެޑިޝަން.އެމްވީ

ދިރާގު އީދު ޝޯ އަދި 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުއަތު ނެގުން މިރޭ!

Aishath Naja
އައިޝަތު ނަޖާ
Jun 17, 2024, 08:44 PM
މާލެ ސިޓީ

ދިރާގު އީދު ޝޯ އަދި 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުއަތު ނެގުން މިރޭ އޮންނާނެ ކަމަށް ދިރާގުން ހާމަކޮށްފިއެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ބާއްވާއީދު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.


ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުއަތު ނަގާ ނަސީބުވެރިއެއް ވެސް މިރޭގެ ޝޯ ގެ ތެރެއިން ހޮވިގެންދާނެއެވެ.

ގުރުއަތު ނެގުން ފެށިގެންދާނީ މިރޭ 9:00 ޖަހާއިރުއެވެ.

Advertisement

އަދި މި ސެގްމެންޓް ޗެނަލް 13 އާއި ޓީ.ވީ.އެމް އަދި ދިރާގުގެ ފޭސްބުކް އާއި ޔޫޓިއުބްއިން ލައިވްކޮށް ދައްކާނެއެވެ.

ދިރާގު އީދު ޝޯގައި އެކި އެކި ފަރާތްތަކުން ހުނަރު ދައްކާލާނެއެވެ.

އެގޮތުން ޝޯގައި ކުޅޭނީ:

• ޑީޖޭ އަލީ
• އީކުއެޓިކް ވައިބް
• ސްކައިރޮކް
• ރެވިއޯ
• ޓްރެފިކް ޖޭމް
• ސިމްބޮލިކް ރެކޯޑްސް

އޭގެއިތުރުން ޝޯގައި ވިމެން އެންޓަރޕްރެނިއަރސް އެސޯސިއޭޝަން - މޯލްޑިވްސް (ވީއެމް) އަދި މަޝްހޫރު ޝޮޓް ބެވަރޭޖަސް މޯލްޑިވްސްގެ އުފެއްދުންތަކާ އެކު އިންތިޒާމްކުރެވިފައިވާ ޚާއްސަ ފުޑް ސްޓްރީޓެއްވެސް އޮންނާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved