މިއި ބޮޑުތަނުން ރައްޔިތުންނަށް އަނިޔަވެރިވާ ވެރިންތަކެއް ތިބި ސަރުކާރެއްގެ ގޮތުގައި މަސްވެރިން ސިފަކޮށްފިއެވެ.
މިފަދައިން ހާމަކޮށްފައިވަނީ ޒުވާން މަސްވެރިޔާ އަހުމަދު އަމީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ،
އެ ޕޯސްޓުގައި އަމީން ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާއިން ބޮޑު އަދަދެއް ދީފައިވާ ކަމަށް ސަރުކާރުން ބުނެ މެޑަލް ޖަހާތީ އެކަމުގެ ހަގީގަތް ހާމަކޮށްދިފައެވެ.
އެގޮތުން މި ސަރުކާރުން މަސްވެރިންނަށް ހައްގު 42 މިލިއަނުން މަސްވެރިންނަށް ދީފައި ވަނީ ހަމަ އެކަނި 25 މިލިއަންކަމަށް އަމީންގެ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ.
މި މަސްވެރިޔާ ބުނެފައި ވަނީ ރާއްޖޭގައި 18،000ހަށް ވުރެ ގިނަ މަސްވެރިން އުޖޫރަ ނުލިބިފައި އެބަތިބި ކަމަށެވެ. އަދި މިއީ އެ 18،000 މީހުންގެ އާއިލާއަށް ހައްގު އުޖޫރަކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
Masverinakee ves dhivehi rayyithun.
— Ahmed Ameen (@AhmedAmeen2426) June 17, 2024
18k+ aaila ge haggu ujoora nulibigen evaahaka mi govany😡
42m rf ey kiya 25m dhinee. Falhuveri akah 5k hama nuve. V ethikolhu BML ah kadali.🤯
Bappainge dhuvas fahanga kura iru bappamen haaluga jehifa😰
Verin, raiyyithunah bodu aniya mi dheny😭
މި ޕޯސްޓުގައި މަސްވެރިޔާ އިތުރަށް ބުނެފައި ވަނީ، މަސްދޯނިތަކުގައި މަސައްކަތްކުރި ފަޅުވެރިންނަަށް 5،000 ރުފިޔާވެސް ހަމަ ނުވާ ކަމަށެވެ.
އަދި އެ ފަޅުވެރިންނަށް ވެސް 5،000 ހަމަ ނުވާ ކަމަށާއި ބީއެމްއެލްއިން ވަނީ އެ ފައިސާކޮޅު ވެސް ކަނޑާލާފައިކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ރާއްޖޭގައި ބައްޕައިންގެ ދުވަސް ފާހަގަ ކުރި އިރު މި މަސްވެރިން ތިބީ ހާލުގައި ޖެހިފައި ކަމަށާއި ވެރިން މި އަންނަނީ ރައްޔިތުންނަށް އަނިޔާ ދެމުން ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.