March 9, 2026
Advertisement
މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމް އަށް ފްލައިޓް އިތުރުކޮށްފި
މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމް އަށް ފްލައިޓް އިތުރުކޮށްފި / މޯލްޑިވިއަން

މޯލްޑިވިއަންނުން ޓިކެޓު އަގުހެޔޮ ކުރީ އަމާ ބުނީތީ ފަރަށްދާ އުސޫލުން: ކަސްޓަމަރުން

Aishath Alaina
އައިޝަތު އަލައިނާ
Jun 18, 2024, 05:24 PM
މާލެ ސިޓީ

އީދު ބަންދާ ގުޅުވާ މޯލްޑިވިއަންއިން ޓިކެޓުގެ އަގު ހެޔޮކުރި ކަމަށް ބުނެ މެޑަލް ޖަހަމުންދާއިރު އެކަމަށް ކަސްޓަމަރުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

އެގޮތުން ދިވެހި ރައްޔިތަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މޯލްޑިވިއަންއިން ޓިކެޓުގެ އަގު ހެޔޮކުރި ކަމަށް ބުނާއިރު އޭގެ ފައިދާވީ ދިވެހި ރައްޔިތަކު މަދު ކަމަށެވެ.

އެގޮތުން އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އތެރޭގެ އުދުހުންތަކުން އަގު ހެޔޮކުރި ކަމަށް ބުނާއިރު އީދު ޗުއްޓީ މި މަހުގެ 14 ގައި ފެށިއްޖެ ކަމަށް ފެށޫނު އިރުވެސް ޓިކެޓުގެ އަގު ހުރި އެ ހުރި ވަރަކަށް ކަމަށާ މޯލްޑިވިއަންއަކީ ޖާގައިގެ ގޮތުން މަދު އޮޕަރޭޓަރަކަށް ވުމުން އީދަށް ތަންތަނަށް ދާން ދަތުރު ރާވާ މީހުން ކުރިއާލާ ޓިކެޓު ނަގާ ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަން އެއާާލައިން އިން ޒަރޫރީ ދަތުރުތައް ކުރާ ރައްޔިތުންނަށް ހާއްސަ އަގުތަކެއް ކަނޑައެޅިކަމަށް ބުނާ ޚަބަރުގެ ސްކްރީޝޮޓެއް ހިއްސާކޮށް ކޮށްފައިވަ އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ޓިކެްޓުގެ އަގު ހެޔޮކުރި ކަމަށްބުނާއިރު އެކަމުގެ ފައިދާ ރައްޔިތުންނަށް ވާނެ ގޮތަކާ މެދު ސުވާލު އުފައްދާފައެވެ. އެއީ މޮލްޑިވިއަންގެ ބުކިންގްސްތައް އެ އެއާލައިންއިން ބުނާ ގޮތުން ނަމަ ފުލްވެފައިވާ ވުމުންނެވެ.

އޭނާ ވަނީ މޯލްޑިވިއަންއިން ލިމިޓެޑް އަދަދެކޭ ބުނިއިރު އެއީ ހަމަ އެކަނި 3 ޓިކެޓްތޯ ސުވާލު އުފައްދާފައިއެވެ.

މީގެ އިތުރުން ބައެއް މަންޒިލްތަކަށް އަގުހެޔޮ ކުރީ ކަނެކްޓިން ފްލައިޓުތަކަށް އެކަނިކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ. އެހެންކަމުން މޯޑިވިއަންއިން ރައްޔިތުންނަށް ހެޔޮހިތުން ކޮށްދޭ ކަންކަންނަމަ އެކަންކަން ރޭވުންތެރިކަމާ އެކު ކުރުމަށް ގޮވާލާފައިވެއެވެ.

މޯލްޑިވިއަންއިން ޓިކެޓުގެ އަގުތަކާ ގުޅިގެން މީގެ ކުރިންވެސް އެކި ޕްރޮމޯޝަންތަކުގައި ރައްޔިތުންނަށް އޮޅުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
އައްލޫ
Jun 19, 2024, 12:04 AM
ތިބުނާޓިކެޓު ލިބުނު އާއްމުރަތްޔިތަކުއެބަހުރިތޯ؟ ތިޓިކަޓުވެސް ލިބޭނީ ކޮއްމެބަޔަކުވެރިކަމުގަތިއްބަސް ޕާޓީކުދިންނަޝާ ސަޕޯޓަރުންނައްނޫންތޯ؟ އާއްމުރަތްޔިތަކައްކުރާނެ ރާހަތެއްނޯއްނާނެ؟ ނިކަންގަދަޔައް އަޑުހަރުކޮށް ޓިކެޓްއަގުހެޔޮވި ވާހަކަދައްކާނެ؟
Zuhaira
Jun 18, 2024, 11:55 PM
Thedhu vaahakaeh
ޝަމީމު
Jun 18, 2024, 06:10 PM
އޭނާގެ ބުނީތެދެށް އަމާބުނިތީފަރައްދާދާގޮތސށް
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved