ރ. އިނގުރައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންކަމަށް އެ ކޯޕަރޭޝަންއިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޯޕަރޭޝަންއިން ބުނެފައި ވަނީ، އިނގުރައިދޫގައި ހިންގަމުންގެންދާ 3 ޖަނަރޭޓަރުގެ ތެރެއިން 1 ޖެނެރޭޓަރ (400kW) އަކަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމަށެވެ.
ރ.އިނގުރައިދޫގައި ހިންގަމުންގެންދާ 3 ޖަނަރޭޓަރުގެ ތެރެއިން 1 ޖެނެރޭޓަރ (400kW) އަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ވޭތުވެދިޔަ 3 ދުވަހު މުޅިރަށުން ކަރަންޓް ކެނޑުން ތަކުރާރުވި. މައްސަލަ ޙައްލު ކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް މިހާރު ދަނީ މަސައްކަތް ކުރަމުން.
— Fenaka Corporation Ltd (@TeamFenaka) June 17, 2024
މި މައްސަލައާއި ގުޅިގެން ވޭތުވެދިޔަ 3 ދުވަހު މުޅިރަށުން ކަރަންޓް ކެނޑުން ތަކުރާރުވަމުން އައިސްފައި ވާކަމަށްވެސް ފެނަކައިން ވަނީ ބުނެފައިއެވެ.
އަދި މައްސަލަ ޙައްލު ކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް މިހާރު ދަނީ މަސައްކަތް ކުރަމުންކަމަށްވެސް އެ ކޯޕަރޭޝަންއިން ވަނީ ބުނެފައިއެވެ.
ފެނަކައިން އަބަދުވެސް އަންނަނީ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފުރިހަމަގޮތުގައި މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.