March 10, 2026
Advertisement
ދިރާގުގެ 'ޓެސްލާ' ކާރު
ދިރާގުގެ 'ޓެސްލާ' ކާރު / އެޑިޝަން.އެމްވީ

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 18, 2024, 06:17 PM
މާލެ ސިޓީ

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

Advertisement

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތި ހުޅުވާލީ ދިރާގު ޕޯސްޓްޕެއިޑް 450 އަދި ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްއަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށެވެ.

ޕްރޮމޯޝަންގެ ލަކީ ޑްރޯއިން ޓެސްލާ ކާރު ލިބުނީ މުސްތަފާ މުޙައްމަދަށެވެ. ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުްނ އަންނަ ކ. ތުލުސްދޫއަށް އުފަން މުސްތަފާ ބުނެފައިވާ ގޮތުގައި އޭނާއަށް ކަރު ލިބުނުކަން ގަބޫލުކުރަން އުނދަގޫވި ކަމަށާ ނަމަވެސް ދިރާގުން ވައިބަރ މެދުވެރިކޮށް މެސެޖުކުރުމުން އެކަން ގަބޫލުކޮށް ﷲ އަށް ޝުކުރުގެ ސަޖިދަ ޖެހި ކަމަށެވެ.

ދިރާގު ޓެސްލާ ކާރު ޕްރޮމޯޝަންގެ ނަސީބުވެރިޔާ، މުސްތަފާ
ދިރާގު ޓެސްލާ ކާރު ޕްރޮމޯޝަންގެ ނަސީބުވެރިޔާ، މުސްތަފާ

މުސްތަފާއަކީ ކާރު ދުއްވުމުގެ ލައިސަންސްވެސް ނޯންނަ މީހަކަށްވައިރު އޭނާ ބުނެފައިވާ ގޮތުގައި އަދި އެކާރާ މެދު އޭނާ ކަންކުރާނެ ގޮތެއް ނުވިސްނާ ކަމަށެވެ.

"ވިން އަ ޓެސްލާ"ގެ ނަސިބުވެރި ފަރާތް ހޮވާފައިވަނީ އަޟްޙާ އީދާ ދިމާކޮށް ދިރާގުން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ދިރާގު އީދު ޝޯގެ ތެރެއިންނެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ކަންތައްތައް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށްޓަކައި މިނިވަން އޮޑިޓަރެއް ކަމުގައިވާ ކްރޯ މޯލްޑިވްސްއާއި ގުޅިގެން މަސައްކަތްކޮށްފައިވާކަމަށެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved