May 2, 2026
Advertisement
މާލޭ މޭޔަރ، އާދަމް އާޒިމް
މާލޭ މޭޔަރ، އާދަމް އާޒިމް / ސަން އޮންލައިން

މި ގައުމަކީ މިހާރު ކުޅޭ ކުޅޭ ތަނަކަށް ވެއްޖެ: މޭޔަރ އާޒިމް

Mariyam Isaadha
މަރިޔަމް އިސާދާ
Jun 19, 2024, 04:54 PM
މާލެ ސިޓީ

ދިވެހިރާއްޖެ މިހާރު ކުޅޭ ކުޅޭ ގައުމަކަށް ވެ ނިމިއްޖެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމު އާޒިމް ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖޭގެ ގާނޫނު ތަންފީޒު ކުރުމުގެ އިދާރާތަކާ އަދި ދާއިރާގައި ހުރި ކަންބޮޑުވުންތަކާ އެކު އޮންލައިން ނުސް "އަދަދު"އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ގާނޫނު ތަންފީޒު ކުރުމުގައި ރާއްޖޭގެ އިދާރާތައް އޮތީ ވަރަށް ބަލިކަށިކޮށް ކަމަށާއި ކުށެއް ކޮށްފިނަމަ ގާނޫނު ބުނާގޮތަށް އެ ކުށަކަށް އެކަށީގެންވާ އަދަބު ލިބެން ޖެހޭ ކަމަށެވެ.

ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގައި އިދާރާތައް ނިކަމެތިވެގެން ގޮސް މުޅި ރާއްޖެ ހަލާކުވަމުންދާ ކަމަށާއި އެއްވެސް އުޒުރެއް ނުދައްކައި އިދާރާތަކުން ފަސްނުޖެހި ގާނޫނު ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

ގާނޫނުތައް ތަންފީޒުކުރމުގައި އިދާރަތައް ފަހަތު ފަޔަށް ބުރަވުމުގެ ނަތީޖާއަކަށް ވެގެން ދަނީ ރައްޔިތުން ކޮންމެ މީހަކުވެސް އެމީހަކު ހިތު ހުރި ގޮތަކަށް ހިތު ހުރި ކަމެއް ކުރުން ކަމަށް ވިދާޅުވެ އާޒިމް ވަނީ އެއީ އެކަން ވެގެން ވާނެ ގޮތް ނޫން ކަން ފާހަގަކުރައްވާފައެވެ.

ހުރިހާ ތަންފީޒީ އިދާރާތަކުން ވެސް އެބަ ޖެހޭ އެއްވެސް ކަހަލަ އުޒުރެއް ނުދައްކައި ގާނޫނު ތަންފީޒު ކުރަމުންދާން. އަޅުގަޑު ދެކޭ ގޮތުގައި މިހާރު މި ގައުމު މިއޮތީ ކުޅޭ ކުޅޭ ތަނަކަށް ވެފައި.

އާޒިމް

އާޒިމް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ނެތް މުޖުތަމައުއެއްގައި ނުވެސް އުޅެވޭނެ ކަމަށާއި މިހާރު ފެނިގެންދަނީ އެ މަންޒަރު ކަމަށެވެ. އަދި މިގައުމުގައި ރައްޔިތުން އެމީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކި ދާއިރާތަކަށް މީހުން އައްޔަންކޮށްފައި ތިބޭއިރު އެ ރައްޔިތުންނަށް ރައްކާތެރިކަން ނުލިބުމަކީ ރައްޔިތުން މާޔޫސްވެ ގައުމާ މެދު ނާއުއްމީދުވާނެ ސަބަބެއް ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާޒިމްވަނީ މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ކައުންސިލް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެހެން އިދާރާތަކުންވެސް އެ ނަމޫނާ ދެއްކުމަށް އާޒިމް ގޮވާލެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved