March 11, 2026
Advertisement
ސިނަމާލެ ބްރިޖް އެކްސިޑެންޓް
ސިނަމާލެ ބްރިޖް އެކްސިޑެންޓް / ސޯޝަލް މީޑިއާ

ރޭ ހިނގި އެކްސިޑެންޓްގައި ފިލި މީހާ ހޯދަނީ

Aminath Zara
އައިމިނަތު ޒާރާ
Jun 19, 2024, 05:53 PM
މާލެ ސިޓީ

ހުޅުމާލެއިން މާލެއަށް ދާ ހައިވޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ފިލި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

Advertisement

ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެތަނުން އެއް ސައިކަލުގައި އިން މީހާ ވަނީ ސީން ރޫޅާލުމަށްފަހު ފިލައިފިއެވެ.

އަދި އެ ސައިކަލު ފަހަތުން އައި ކާރު، ކުއްލިއަކަށް ހުއްޓުނުތަނާ، ފަހަތުން އައި ސައިކަލެއް އައިސް ކާރުގައި ޖެހި އެކްސިޑެންޓެއް ވެފައިވާއިރު އެ ސައިކަލުގައި ތިބި ދެ މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށެެވެެ.

މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ، މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށާއި އެކްސިޑެންްޓްގައި ފިލި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓް ހެންވޭރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 20:30 ހާއިރުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved