March 13, 2026
Advertisement
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު / ދަ އެޑިޝަން

އީދު ފާހަގަކުރުމަށް ކުލަޖެހުމަކީ ދީނީ އުސޫލުތަކާ އަދި ދިވެހިންގެ އާދަކާދައާ ޚިލާފުކަމެއް: މިނިސްޓަރު

Mariyam Isaadha
މަރިޔަމް އިސާދާ
Jun 19, 2024, 09:03 PM
މާލެ ސިޓީ

އީދު ފާހަގަކުރުމަށް ކުލަޖެހުމަކީ ދީނީ އުސޫލުތަކާ އަދި ދިވެހިންގެ އާދަކާދައާ ޚިލާފުކަމެއް ކަން އިސްލާޟިކު މިނސިްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަނދާން އައުކޮށްދީފިއެވެ.

Advertisement

ރާއްޖޭގައި ފަހަކަށް އައިސް މުސްލިމުންގެ ދެ އީދު ފާހަގަކުރާ އިރު، ކުލަ ޖެހުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. އަދި މިހާރު ފާހަގަކުރަމުން އަންނަ ބޮޑު އީދުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުލަ ޖެހުމުގެ ފޯރި ގަދައެެވެ.

މިކަމާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އަންނައިރު، މިނިސްޓަރު ޝަހީމު މިއަދު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށެވެ.

"ދިވެހި ސަޤާފަތަކީ އީދުގައި ފެން ޖެހުން." މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޝަހީމުގެ އެފްބީ ޕޯސްޓުގެ ސްކްރީން ޝޮޓެއް
ޑރ. ޝަހީމުގެ އެފްބީ ޕޯސްޓުގެ ސްކްރީން ޝޮޓެއް

މިނިސްޓަރުގެ މި ވާހަކައާ ގުޅިގެން އާންމު ރައްޔިތަކު، ދިނުގައި ފެން ޖެހުން އޮންނަ ތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، ފެން ޖެހުމަކީ ދީނީ ގޮތުން ފުށު އަރާކަމެއް ނޫން ކަމަށާ އެއީ ދިވެހިންގެ ސަގާފަތެއް ކަމަށެވެ.

މި ފަހަކަށް އައިސް އިސްލާމް ދިނުގެ އީދުގެ މުނާސަބާ ރާއްޖޭގައި ފާހަގަކުރަމުން އަންނައިރު އޭގެ ތެރެއިން ހިންދޫއިންގެ އަޅުަކމެއް ކަމަށްވާ "ހޯލީ" ފާހަގަކުރަން އަމަލުކުރާ އުސޫލުތައް ވަރަށް ބޮޑަށް ވައްދައިގެން ފާހަގަކުރާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކުލަ ޖެހުމަކީ ހިންދޫއިން އެމީހުންގެ "ހޯލީ" އަޅުކަމުގެ ދުވަސް ފާހަގަކުރުމަށް ކުރާކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved