March 11, 2026
Advertisement
ރާއްޖޭގެ އެންމެ ފުރަތަމަ ޕަބްލިކް ސޭފްޓީ މިނިސްޓަރު، ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު
ރާއްޖޭގެ އެންމެ ފުރަތަމަ ޕަބްލިކް ސޭފްޓީ މިނިސްޓަރު، ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު / ސޯޝަލް މީޑިއާ

ރާއްޖޭގެ އެންމެ ފުރަތަމަ ޕަބްލިކް ސޭފްޓީ މިނިސްޓަރު އަވަހާރަވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jun 19, 2024, 11:24 PM
ހުޅުމާލެ

ރާއްޖޭގެ އެންމެ ފުރަތަމަ ޕަބްލިކް ސޭފްޓީ މިނިސްޓަރު، ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު މިއަދު އަވަހާރަވެއްޖެއެވެ.

Advertisement

އަބްދުލްހަންނާން އަވަހާރަވެފައިވަނި އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ޓްރީ ހޮސްޕިޓަލުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

87 އަހަރުފުޅުގައި ހަންނާ އަވަހާރވެވަޑައިގެންނެވިއިރު އެމަނިކުފާނަކީ ދިވެހި ޖުމުހޫރިއްޔާގެ ފެށުނުއިރު 1968ގައި އެކުލަވާލި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން އެންމެ ފަހުން ދިރިހުންނެވި ބޭފުޅާއެވެ. އަދި އެއީ ސުމުއްވުލްއަމީރު ކިލެގެ ކަމަށް ކޮލިލެވުނު ބޭފުޅުންގެ ތެރެއިން މިހާތަނަށް ހުންނެވި ހަމައެކަނި ބޭފުޅާ ކަންވެސް ފާހަގަކޮށްލެވެއެވެ.

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވީ މި ޖުމުހޫރިއްޔާގެ ފުރަތަމަ 10 އަހަރު 1968-1978 އަށެވެ. އެމަނިކުފާނު ވަނީ 1968 މި ޖުމުހޫރިއްޔާގެ ފުރަތަމަ ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.


މި ޖުމުހޫރިއްޔާ މީގެ 55 އަހަރުކުރިން ގާއިމުކުރި މަންޒަރު ދެކެވަޑައިގެންނެވި ބޭފުޅެއްކަމަށްވާއިރު، އެމަނިކުފާނު ވަނީ 1968 މި ޖުމުހޫރިއްޔާގެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

ހަންނާންއަކީ ހުރަވީ ރަސްދަރިކޮޅާއި ދިޔަމިގިލި ރަސްދަރިކޮޅާއި އެހެނިހެން ރަސްދަރިކޮޅުތަކާއި މަތީ ދަރިކޮޅުތަކުގެ ބޭފުޅެކެވެ.

އެ މަނިކުފާނުގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved