March 13, 2026
Advertisement
އީދު ފާހަގަކުރުން
އީދު ފާހަގަކުރުން / ސޯޝަލް މީޑިއާ

ދިވެހިން އީދު ފާހަަގަކޮށްފައިވަނީ ޝައިތާނުންނަށްވެ ޝައިތާނީ ފޭރާމުގައި: ނިޝާން

Aminath Zara
އައިމިނަތު ޒާރާ
Jun 20, 2024, 09:53 PM
މާލެ ސިޓީ

ހައްޖުގެ މާތް އަޅުކަމަށްފަހު މުސްލިމުން ފާހަގަކުރާ އަޟްހާ އީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފާފާޅުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

Advertisement

ނަމަވެސް ދިވެހި މުޖުތަމައު އިން ފެނިގެން ދިޔައީ އިސްލާމީ ސަގާފަތާއި ޝިއާރުން ބޭރުން އެކ ހަރަކާތްތައް ރާވާ ކުރިއަށް ގެންގޮސްފައިވާ ތަނެވެ. މިގޮތުން ޝައިތާނީ ސިފަ ފާޅުވާގޮތަށް މާލިތައް ހަދާ ބިރުވެރިކަން ހާމަވާ ގޮތަށް ބައެއް ރަށްރަށުގައި ވަނީ އީދު ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ޝެއިޚް އާދަމް ނިޝާން ވަނީ ޓްވިޓަރގައި ހިތްހަމަނުޖެހުން ފާޅުކޮށް ޕޯސްޓްކޮށްފައެވެ. މިގޮތުން ހައްޖުގެ މަތިވެރި ދުވަސްތަކުގައި ޖަމްރާތަކަށް ހިލަ އުކަނީ ޝައިތާނާ ފައްސާލުމަށް އިބްރާހީމްގެފާނު ހިލަ އުއްކެވި އުއްކެވުން ހަނދުމަކުރުމަށް ކަމަށާއި ނަމަވެސް ދިވެހި މުޖުތަމައު އިން ފެނިގެން ގޮސްފައިވަނީ އިންސާނުން ޝައިތާނުންނަށްވެ ޝައިތާނީ އަމަލުތަކުން ފުރިފައިވާ ތަން ކަމުގައެވެ.

މީގެ އިތުރުން، އިސްލާމީ އުސޫލުތަކުގެ ބޭރުން އީދު ފާހަގަކޮށް މުންކަރާތްތައް އާންމު ކޮށްފައިވާއިރު މިފަދަ ކަންކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ގިނަ ބަޔެއްގެ ފާޑު ކިޔުންވެސް ސަރުކާރަށްް އަމާޒުވެފައިވެއެވެ. އަދި ސަރުކާރުގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ އެހެން މީހުންނަށް ނަމޫނާ ދައްކަން ޖެހޭ ބޭފުޅުންތައް އިސްލާމީ ސަގާފަތާއި ޚިލާފަށް އީދު ފާހަގަކޮށްފައިވާތީ ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. ދީނަށްޓަކައި ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާގޮތަކީ މިއީތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.

ޝެއިޚް ނިޝާންގެ ޕޯސްޓް
ޝެއިޚް ނިޝާންގެ ޕޯސްޓް
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved