March 10, 2026
Advertisement
ރައީސް މުއިއްޒު، ޖަވާބު ޕްރޮގްރާމުގައި ޖަވާބު ދެއްވަނީ
ރައީސް މުއިއްޒު، ޖަވާބު ޕްރޮގްރާމުގައި ޖަވާބު ދެއްވަނީ / ރައީސް އޮފިސް

މެއި މަސް ނިމުނުއިރުވެސް "އީ-ވޮލެޓް" ތައާރަފް ކުރެވޭ ވަރެއް ނުވި!

Aishath Naja
އައިޝަތު ނަޖާ
Jun 21, 2024, 01:43 AM
މާލެ ސިޓީ

ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަގްސަދުގައި މެއި މަހުގެ ތެރޭގައި އީ-ވޮލެޓް ތައާރަފް ކުރެވޭ ވަރު ވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މެއި މަސް ނިމި ޖޫން މަހުގެ މެދަށް ދިޔަ އިރުވެސް އީ-ވޮލެޓް ތައާރަފް ކުރެވިފައިނުވާކަން ހާމަވެެއްޖެއެވެ.

Advertisement

މީގެ 3 މަސް ކުރިން ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުން ގެނެސްދެމުން އައި "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ސެގްމަންޓެއްގައެވެ.

އެގޮތުން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އުންމީދު ކުރައްވަނީ އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރެވިގެންދާނެ ކަމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ނޫސްވެރިންނާ ބައްދަލު ކުރައްވާ ކެބިނެޓް ގެ ކަންކަން ހިއްސާ ކުރެއްވުމަށްފަހު ވިދާޅުވެފައި ވަނީ އިންޓަނެޓާއި ސައިބާ ސެކިއުރިޓީއާ ގުޅުން ހުރި ކަމަކަށްވާތީ، އެކަމާ ގުޅޭ ހާއްސަ ގާނޫނެއް ތައާރަފްކުރުމަށްޓަކައި އެ ކަމާ ގުޅޭ ބިލެއް ޑްރާފްޓް ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އީ-ވޮލެޓް އަދި ޕޭޕާލް އާއި ބެހޭ ގޮތުން ސަރުކާރުން އެއްވެސް އަދާހަމައެއް ދެއްވާފައިނުވެއެވެ.

މެއި މަސް ނިމުނު އިރުވެސް އީ-ވޮލެޓް ތައާރަފް ނުކުރެވުނު ސަބަބު ވެސް ސަރުކާރުން ހާމަކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved