March 11, 2026
Advertisement
ހދ. ނޮޅިވަރަމް
ހދ. ނޮޅިވަރަމް / ސޯޝަލް މީޑިއާ

ސައިކަލާއެކު މޫދަަށް ވެެއްޓުމުން ފަރުވާދެމުންއައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

Aishath Alaina
އައިޝަތު އަލައިނާ
Jun 21, 2024, 04:03 PM
މާލެ ސިޓީ

ހދ. ނޮޅިވަރަމް ބަނދަރުންސައިކަލާއެކު މޫދަަށް ވެެއްޓުމުން ފަރުވާދެމުންއައި ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

Advertisement

ފުލުހުން މައުލޫމާތުދޭ ގޮތުގައި މިމީހާ ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ، ރޭ 9:15 ހާއިރު ކަމަށެވެ.

އަދި ސިއްހީ މަރުކަޒުގައި ފަރުވާދެވެމުން އަންނަނިކޮށް އެމީހާ ނިޔާވެފައިވާކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައިއެވެ.

މިހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ މީހެކެވެ.

އަދި ހާދިސާއާއި ގުޅިގެން ކުރަންޖެހޭ ތަހުގީގުތައްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved