ސަރުކާރުގެ އެސްއޯއީތަކުން ސްޕޮންސަރ ކޮށްގެން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭގެ) އުފަން ރަށް ލ.ފޮނަދޫގައި މިރޭ ޝޯ ބާއްވާކަން ހާމަވެެއްޖެއެވެ.
ލ އަތޮޅުގައި އަޟްހާ އީދުގެ ޝޯ މަޝްހޫރު ފަންނާނުން އާއެކު ބޭއްްވުމަށް ހަމަޖެހައިފައި އޮތީ ލ.ގަމުގައެވެ. ނަމަވެސް ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ގަމުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އީދު ޝޯތައް ދިޔައީ ކެންސަލް ވަމުންނެވެ.
މިކަމާ ބެހޭގޮތުން ފޭސްބުކްގައި ފަރާތެއް ވަނީ ޕޯސްޓެއް ކުރައްވާ ކަންބޮޑުން ވެސް ފާޅުކޮށްފައެވެ.
އެގޮތުން އެ ޕޯސްޓްގައި އެ ފަރާތުން ބުނެފައިވަނީ ލ.ގަމުގެ އީދު ޝޯއަށް ރާއްޖޭގައި ތިބި އެންމެ މަޝްހޫރު އާޓިސްޓުން ލައްވާ ސޮއިކުރި މަންޒަރުތައް ފެނުމުން ގަމަށް ދާން ޕްލޭންހެދި މީހުން މަދު ނޫންކަމަށެވެ.
ރަށް ޕްރޮމޯޓްވެ ކުދި ވިޔަފާރިތަކަށް އެތައް ފައިދާއެއް ވާނެތީ އުފާކުރި ފަރާތްތައް ވެސް ގިނަ ކަމަށްވެސް އެ ޕޯސްޓްގައި އެ ފަރާތުން ވަނީ ބުނެފައެވެ.
އީދުކައިރިވަމުން އަންނަވަރަކަށް ޝޯތައް ކެންސަލް ވަމުންދާ ޕޯސްޓްތައް ފެނުން ކަމަށާއި ހަމަ ގައިމުވެސް އީދު ޝޯ ކަންތަކުގައި އުޅުނީ އެކަން ރާވާ ހިންގުމަށް ކުޅަދާނަ ޒުވާން ކުދިން ކޮޅެއް ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.
ކެންސަލް ވުމުން، ކެންސަލް ކުރި ސަބަބު އޮޅުން ފިލުވި އިރު ޝޯ ބޭއްވުމަށް ބަޖެޓް ހަމަ ނުޖެހުނު ކަމަށް ވެއެވެ.
ގަމުގައި އޮތް އީދު ޝޯ ކެންސަލްވެ، ދެން ފެނުނީ ސަރުކާރުގެ ހުރިހާ ބޮޑެތި އެސްއޯއީތަކުން ސްޕޮންސަރ ކޮށްފައިވާ އީދުޝޯއެއް ފޮނަދޫގައި އޮންނާނެ ކަމަށް ބުނެފައިވާ ފޭސްބުކް ޕޯސްޓެއް ކަމަށް ވެސް އެ ފަރާތުން ވަނީ ފޭސްބުކްގައި ބުނެފައެވެ.
ގަމަށް ވީމަ ޝޯ ބާއްވަން ބަޖެޓް ނުލިބުނީ ކަމަށާއި ދެން މި ފަސް އަހަރު ފޮނަދޫ އަށް ދުއްވީމަ ހުރިހާކަމެއްވާނެ ކަމަށް ބުނެ އެ ފަރާތުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
މައްސަލައަކީ ފޮނަދޫގައި ޝޯ ބާއްވާތީ ނޫންކަމަށާއި މައްސަލައަކީ ގަމާ ފޮނަދޫ އާ ދޭތެރޭ ތަފާތު ކުރުން ކަމަށް ވެސް އެ ފަރާތުން ވަނީ ޕޯސްޓްގައި ބުނެފައެވެ.