ފުވައްމުލަކަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަހްމަދު އިޔާޝް ވަސީމް (24އ) ކަމަށެވެ.
އިޔާޝް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އިޔާޝް ގެއްލުނީ ސީދާ ފުވައްމުލަކުން ކަމެއް ނުވަތަ ނޫންކަމެއް ފުލުހުންކުރި ޕޯސްޓުން އެނގޭކަށް ނެތެވެ.
ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން. pic.twitter.com/m2OVF2qfBQ
— Maldives Police (@PoliceMv) June 21, 2024
އިޔާޝްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެދިފައެވެ.