March 11, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

މައި ޕޯޓާއި އެއާޕޯޓް ނުހިންގޭނަމަ ވެރިކަމަށް ކުފޫ ހަމަނުވޭ: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Jun 22, 2024, 05:17 PM
މާލެ ސިޓީ

މާލޭ ސަރަހައްދުގައި ގާއިމުކުރާ ބައިނަލްއަގްވާމީ ޕޯޓު ތަރައްގީކުރުމަށް އިންޓަރނޭޝަނަލް ކޮންޓެއިނަރ ޓާރމިނަލް ސާވިސަސް، އިންކް (އައިސީޓީއެސް)އާ ހަވާލުކުރުމަށް ނިންމާފައިވާ ސިޓީއެއް އާންމުވުމާއި ގުޅިގެން ވެރިކަން ނިމިގެން ދާއިރު ރާއްޖޭގެ މައި ޕޯޓް އޮންނާނީ ވިއްކާލާފައި ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ފާހަގަކޮށްފައިވަނީ މައި ޕޯޓާއި އެއާޕޯޓް ހިންގުމުގެ ގާބިލުކަން ނެތްނަމަ ވެރިކަމުން ފައިބަން ގޮވާލާފައިވެއެވެ. ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބޮޑު ބައެއް އިންޑިޔާއަށް ފައިދާވާ ގޮތަށް ދިނުމާއި ގުޅިގެން އެންމެ ގަދަޔަށް ފާޑު ކީ މީހުން މިއަދު ވެރިކަމަށް އައިސް ރާއްޖެ ވިއްކަން އުޅޭކަމަށް ބުނެ އާންމުންވެސް އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

މީގެ އިތުރުން ސަރުކާރުން ހިންގާ މިފަދަ ކޮރަޕްޝަން އަމަލުތައް ހުއްޓުވުމަށް ކޮންމެ ރައްޔިތަކުވެސް ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން ޖެހޭ ކަމަށްވެސް މަލީހް އިލްތިމާސްކޮށްފައިވެއެވެ.

ދިވެހިން "އަނެއްރާއްޖެ" އިން ދިވެހީންގެ ރާއްޖެއަކަށް ގެންނަން އައި ބަޔަކު ރާއްޖޭގެ ރައުސްމާލުތައް ވިއްކަން މަސައްކަތް ކުރުމަކީ ވެރިކަމުގެ ފަހު ދުވަސްތައް ގުނަން ޖެހޭފަަދަ ކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

https://x.com/maleehjamal/status/1804070179296718882?s=46&t=VYfkwTt0m3ah3XNlhTgo4Q

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved