އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް އަޑު އުފުލާ ފަލަސްތީނުގެ ދިފާއުގައި އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ބާއްވަމުންދާ ސިލްސިލާ އެއްވުމެއް ރޭ މާލޭގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މިގޮތުން އިޒްރޭލަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށްވެސް މި އެއްވުމުގައި ގޮވާލާފައިވެއެވެ. އަދި ސަރުކާރަށް ނިސްބަތްވާ އިސް ފަރާތްތަކުންނާއި ބައެއް މަޖިލިސް މެންބަރުން އިޒްރޭލް ދިފާއުކޮށް ވާހަކަދައްކަމުންދާތީ ސަރުކާރުގެ ސްޓޭންޑް ހުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ރޭގެ އެއްވުމުގައި ގިނަ އަދަދެއްގެ ޒުވާނުން ޕިއްޒާ ހަޓް ކުރިމަތީގައި އެއްވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ނަމަވެސް ސަރުކާރުން މި މައްސަލައަށް އަދިވެސް އެއްވެސް ގޮތެއް ނުނިންމާ ލަސްކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.