March 11, 2026
Advertisement
ސޯމާލިޔާގެ 3 މީހުން
ސޯމާލިޔާގެ 3 މީހުން / މޯލްޑިވްސް ޕޮލިސް ސާރވިސް

ސޯމާލިޔާގެ ތިން މީހެއް ރާއްޖޭގެ ފަޅުރަށަކަށް ލައްގައިފި

Aishath Naja
އައިޝަތު ނަޖާ
Jun 22, 2024, 07:55 PM
މާލެ ސިޓީ

ސޯމާލިއާއަށް ނިސްބަތްވާ ތިން މީހުންނާއެކު ނ. ވަވަތިއަށް ޑިންގީއެއް ލައްގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުން އެ ރަށަށް ލެއްގީ މިއަދު ކަމަށެވެ.

ނ. ވަވަތިއަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

އެ ތިން މީހުންގެ ފޮޓޯއެއް ވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އެ މީހުން ދަތުރުކުރަމުންދިޔައީ އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތް ކުޑަކުޑަ ޑިންގީއެއްގައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައިނުވެއެވެ.

ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ ބޭނުމުގައި ސަރުކާރުން ގެނައި ޑްރޯންތަކުގެ ބޭނުން ނެތް ކަމަށް ވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިއަދު ރާއްޖެ އާއި 3000 ކިލޯމީޓާރު ދުރުގައި އޮތް ގައުމަކުން ބަޔަކު ރާއްޖެ ލެއްގި އިރު މާދަމާ އެހެން ގައުމަކުން ރާއްޖެ އަށް މީހުން ނާންނާނެ ކަމެއް ނޭނގޭ ކަމަށާއި މިފަދަ ކަންކަމަކީ ހާއްސަ ސަމާލުކަމެއް ދީގެން ބެލެންވާނެ ކަން ކަން ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved