March 11, 2026
Advertisement
ހދ ހަނިމާދޫ
ހދ ހަނިމާދޫ / ގޫގުލް

ހަނިމާދޫ ގެއަކުން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެ

Aishath Naja
އައިޝަތު ނަޖާ
Jun 22, 2024, 08:14 PM

ހދ. ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

Advertisement

ފުލުހުން ބުނިގޮތުގައި 64 އަހަރުގެ އެ މީހާއަކީ އެ ރަށުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހެކެވެ.

އަދި އޭނާ މަރުވެފައި އޮއްވައި ފެނުނީ ރޭ ކޮޓަރިއަށް ވަނުމަށްފަހު ހަބަރެއް ނުވެގެން ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގޮސް ބެލުމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލި އިރު އޭނާ އޮތީ އެނދުމަތީގައި ކަމަށާއި އެއްވެސް ހަރަކާތެއް ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ހަނިމާދޫ ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔައިރު ވެސް މަރުވެފައި އޮތް ކަން ހެލްތް ސެންޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

އޭނާ މަރުވެފައިވަނީ ކިހިނަކުން ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved