April 29, 2026
Advertisement
ނޮޅިވަރަމްދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ނޮޅިވަރަމްދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) / މަޖިލިސް

މޮސްޓާ ޝިފާން އަށް: ކުރީ ސަރުކާރަށް ސަނާ ކިޔާފަ، މިއަދު ކުރީ ސަރުކާރޭ ކިޔަން ލަދުގަންނަން ޖެހޭނެ

Aishath Naja
އައިޝަތު ނަޖާ
Jun 22, 2024, 09:51 PM
މާލެ ސިޓީ

ކުރީ ސަރުކާރުގައި ކުށްވެރިން ދޫކޮށްލިކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓްގައި މޮސްޓާ ވިދާޅުވެފައިވަނީ އެއްވެސް ހަމައެއް ނެތި މީގެ 10 މަސް ކުރިން 434 ކުށްވެރިން ދޫކޮށްފައިވާ ވާހަކަ ދައްކަން ޝިފާން ލަދުގަންނަން ޖެހޭނެކަމަށެވެ.

އެ ދުވަހު އެ ހުރިހާ ކަމެއް އެގޮތައް ހިނގިއިރު ޝިފާން ހުންނެވީ ކުރީ ސަރުކާރަށް ސަނާކިޔުމުގައި އަވަދިނެތި ކަމަށް ވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން އެ ދުވަހު އެގޮތައް އުސޫލުން ބޭރުން ކަން ހިނގިއިރު ޝިފާން އަށް ބަސް ބުނަން ނުކެރުނީ ކީއްވެތޯ ވެސް މޮސްޓޯ ވަނީ ޕޯސްޓްގައި އަހާފައެވެ.

ނިމިދިޔަ ސަރުކާރުން ބޮޑެތި ކުށްވެރިން ދޫކޮށްލިކަމަށް ޝިފާން ވިދާޅުވުމާއެކު ގިނަ ބަޔަކު ވަނީ މި ސަރުކާރުން ވެސް މަޖިލިސް އިންތިޚާބާ ދިމާކޮށް ބޮޑެތި ކުށްވެރިން ދޫކޮށްލިކަމަށް ބުނެ ޝިފާނަށާއި ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved