March 29, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި / ތޭރަ އޮންލައިން

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރޮންޓް އޮފީސް ޖަލްސާއެއް ހޯމަ ދުވަހުގެ ރޭ!

Aishath Naja
އައިޝަތު ނަޖާ
Jun 23, 2024, 12:31 AM
މާލެ ސިޓީ

ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް ހޯމަ ދުވަހުގެ ރޭ އޮންނާނެކަމަށް ޕީއެންއެފް އިން ބުނެފިއެވެ.

Advertisement

ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ހޯމަ ދުވަހުގެ ރޭ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނާނެ ކަމަށް އިއުލާންކޮށްފައެވެ.

އެގޮތުން މަލީހް ވިދާޅުވެފައިވަނީ މި ޖަލްސާ ވެގެންދާނީ ވަރަށް ފޯރިގަދަކަމާއެކުގައި ކަމަށެވެ.

އަދި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީއެންެއެފްގެ އައު އޮފީހުގައި ކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

އޭގެއިތުރުން މި ޖަލްސާ ކަވަރ ކުރުމަށްޓަކައި މީޑިޔާތަކަށް ވެސް މަލީހް ވަނީ ދައުވަތު އަރުވާފައެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވާ ޖަލްސާތަކެއް ފްރޮންޓް އޮފީހުގައި ވަނީ ސިލްސިލާގޮތެއްގައި ކުރިޔަށް ގެންގޮސްފައެވެ.

އެ ޖަލްސާތަކުގައި ރައީސް ޔާމީން ވަނީ ގައުމުގެ ހާލަތު ހުރި ގޮތް ރައްޔިތުންނާ ހަމަޔަށް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.

އަދި އޭގެއިތުރުން ސަރުކާރުން ކުރަމުން ގެންދާ ނުރަނގަޅު އެތައް ކަމެއްގެ ވާހަކަ ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved