މަސްވެރިން ލިބެން ޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްވަމުން ދާތީ އައްޑޫ ސިޓީގެ މަސްވެރިން ފެށީ އިހުތިޖާޖު ދޫ ދިނުމެއް ނެތި ތިން ވަނަ ދުވަހުވެސް ކުރިއަށް ގެންދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ތޭރަ އޮންލައިނަށް މައުލޫމާޓު ދެމުން އައްޑޫ ސިޓީ ހުޅުދޫގައި ހުރި މަސްވެރިއަކު ބުނެފައިވަނީ ފުލުހުން ނެރެ ބިރު ދެއްކި ނަމަވެސް ޙައްގު ހޯދުމުގައި ފަހަތަށް ޖެހުމެއް ނެތް ކަމަށާ މަސްވެރިން އިހުތިޖާޖު ކުރަނީ ކުރި ހަލާލު މަސައްކަތުގެ އުޖޫރަ ހޯދުމަށް ކަމަށެވެ.
މީގެ އިތުރުން އެ މަސްވެރިޔާ ބުނި ގޮތުގައި ސަރުކާރުގެ ވެރިން މަސްވެރިންނަށް ޖަވާބުދާރީ ވަމުން ދާ ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށާ ސަރުކާރުން ދަނީ ބޮޑޫތަނުން އޮޅުވާލަމުން ކަމަށްވެސް މަސްވެރިޔާ ވަނި ހާމަކޮށްފައެވެ.
މަސްވެރިކަން ކުރާ ފަރާތްތަކުންވެސް ކެއިން ބުއިމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރަން ޖެހޭ އިރު ފައިސާ ނުލިބި މަސްތަކެއް ފާއިތުވެގެން ދިޔުމުން ފެނިގެންދަނީ ވެރިކަމަށް ކުފޫ ހަމަނުވާ ދިވެހި ދަރިންގެ އިހުސާސްތައް ދަންނަން ނޭގޭވެރިކަމެއް ގާއިމުވެފައި އޮތް ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
އައްޑޫގައި ފައިސާ ނުލިބިގެން މަސްވެރިން ވަނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން މުޒާހަރާކުރަން ފަށާފައެވެ.