March 11, 2026
Advertisement
ގަލޮޅު މޯޗަރީ
ގަލޮޅު މޯޗަރީ / ރާއްޖެއެމްވީ

މަރުވެފައި އޮއްވާ ފެނުނު ނޭޕާލު އަންހެން މީހާ ވަޅުލާނީ ރާއްޖޭގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 24, 2024, 01:34 AM
މާލެ ސިޓީ

މަރުވެފައި އޮއްވާ ފެނުނު ނޭޕާލު އަންހެން މީހާ ވަޅުލާނީ ރާއްޖޭގައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ސިނަމާލެ ބްރިޖު ކައިރިން މަރުވެފައިވާ އޮއްވާ އޮޔައި ދިޔަ 25 އަހަރުގެ ނޭޕާލުގެ އަންހެން މީހާގެ ހަށިގަނޑު ރާއްޖޭގައި ވަޅުލުމަށް ނިންމާފައިވަނީ އޭނާގެ ހަށިގަނޑު އެ ގައުމަށް ގެންދަން އާއިލާއިން ގަބޫލުނުވުމާ ގުޅިގެންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހަށިގަނޑު މޯޗަރީގައި ބާއްވާފައި އޮތީ އާއިލާގެ އެދުމުގެ މަތިން ކަމަށެވެ. އާއިލާގެ މީހަކު ހަށިގަނޑާ ހަވާލުވާން ރާއްޖެ އަންނާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. އަދި ފުލުހުންނާ ގުޅިގެން ކަންތައްތަކެއް ބަލަމުންދާތީވެ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެއެވެ.

އަންހެން މީހާގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައި އޮންނަތާ މަހަކާ ވަނީ ގާތްވެފައެވެ.

ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި ނޭޕާލުގެ އަންހެން މީހާ އަކީ މޭ މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައި މީހެއް ކަމަށެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ މާލޭ ގެސްޓު ހައުސްއެއްގައި ކަމަށާއި އެ ތަނުގައި އޭނާ ދިރިއުޅެމުން ދިޔައީ އެ ލޯބިވެރިޔާއެކު ކަމަށް ވިދާޅުވި އެވެ.

އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބިދޭސީ މީހާއާ އެކު މާލޭ މަގުމަތީގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ފެނިފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved