April 18, 2026
Advertisement
މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން
މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން / ސޯޝަލް މީޑިއާ

މިފްކޯއިން މަސްދޯނިތަކަށް ފައިސާ ނުދިނުން އެއީ ގާނޫނާ ޚިލާފުކަމެއް

Aishath Alaina
އައިޝަތު އަލައިނާ
Jun 24, 2024, 04:05 AM

މިފްކޯގެ އޮޕަރޭޝަންތަކަށް ހުރަސް އަޅާ މަސްދޯނިތަކަށް އެ ކުންފުނިން ފައިސާ ނުދޭނެކަމަށް މިފްކޯއިން މަސްވެރިންނަށް އިންޒާރު ދީނުމަކީ ގާނޫނާއި ޚިލާފުކަމެއްކަން ހާމަވެެއްޖެއެެެވެ.

Advertisement

މިފްކޯއިން ވަނީ އެ ކުންފުނީގެ އޮޕްރޭޝަންތަކަށް ހުރަސްއަޅާ މަސްދޯނިތަކުން މަސް ނުގަންނާނެ ކަމުގެ އިންޒާރު ދީފައިއެވެ. އެ ކުންފުނިން ބުނެފައިވަނީ އެ ކުންފުނި އަދި ފުލުހުންގެ އޮޕަރޭޝަންތަކަށް ހުރަސްއަޅާ މަސްދޯނިތަކަށް ހުރަސް އަޅާނެކަމަށެވެ.

ނަމަވެސް މި މަސްދޯނިތަކުން އޮޕަރޭޝަންތަކަށް ހުރަސް އަޅަމުން އަންނަނީ އެމީހުންނަށް ހައްގު ފައިސާ ނުލިބުމުގެ ސަބަބުންނެވެ. އެހެންކަމުން މި އިންޒާރު ވާނީ ބްލެކްމެއިލަށް ކަމަށެވެ.

މި އިންޒާރަކީ އެއީ މިއީ ބައިވެރިވާ އައިއެލްއޯގެ މުއާހަދާ ނަންބަރު 95، ޔޫޑީއެޗްއާރުގެ 23 ވަނަ މާއްދާ އަދި އައިސީއީއެސްސީއާރުގެ 7 ވަނަ މާއްދާއާ ހިލާފުވުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved