March 15, 2026
Advertisement
މިނިސްޓަރު ޝިޔާމް އަދި ރައީސް މުއިއްޒު
މިނިސްޓަރު ޝިޔާމް އަދި ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

މިފްކޯ ބޯޑަށް މަސްވެރިއަކު އައްޔަންކުރަން ފާސްކުރިތާ 1 އަހަރު، އަދިވެސް އައްޔަންނުކުރޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 11, 2025, 09:31 PM
މާލެ ސިޓީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑް (މިފްކޯ) ބޯޑަށް މަސްވެރިއަކު އައްޔަންކުރަން ފާސްކުރިތާ 1 އަހަރު ފާއިތުވި ނަމަވެސް އަދިވެސް ބޯޑަށް މަސްވެރިއަކު އައްޔަންނުކުރާކަން ހާމަވެއްޖެއެވެ.

Advertisement

މަސްވެރިންގެ މެމްބަރަކު މިފްކޯގެ ބޯޑަށް އައްޔަން ކުރާ ގޮތަށް ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން އިއުލާނު ކުރަނީ ޖެނުއަރީ 28، 2024، ގައެވެ. ނަމަވެސް މިފްކޯއިން ބުނީ މަސްވެރިން ތަމްސީލު ކުރާނެ ބޯޑު މެންބަރަކު މިހާތަނަށް ވެސް އެ ކުންފުންޏަށް އައްޔަންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލު ކުރާ މެންބަރަކު އައްޔަން ކުރަން ވަޒީރުންގެ މަޖިލީހުން ނިންމިތާ އެއް އަހަރާއި ހަތް މަސްދުވަސް ވަނީ ފާއިތުވެފައެވެ.

މިފްކޯގެ ސީނިއާ މެނޭޖަރު ޕީއާރު، ޝިފްޒާ މުސްތަފާއާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި މެމްބަރަކު އައްޔަންކުރެވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް މިހާ ތަނަށް އައިއިރު މެމްބަރަކު އައްޔަން ނުކުރެވުނު ސަބަބެއް ބަޔާންކޮށްްފައިނުވެއެވެ.

މަސްވެރިން ތަމްސީލު ކުރާ މެންބަރަކު ބޯޑަށް އައްޔަން ކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނަމަވެސް މަސްވެރިންގެ ތެރެއިން ބޯޑަށް އައްޔަން ކުރާނީ "ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ" މެންބަރެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައި ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved