March 15, 2026
Advertisement
ޕީއެންސީ އޮފީހުގައި މެމްބަރުން ހިތް ހަމަ ނުޖެހުން ފާޅުކުރަނީ
ޕީއެންސީ އޮފީހުގައި މެމްބަރުން ހިތް ހަމަ ނުޖެހުން ފާޅުކުރަނީ / ތޭރަ އޮންލައިން

ޕީއެންސީ ޕްރައިމަރީ މައްސަލައިގައި އިހުތިޖާޖުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 22, 2024, 07:34 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީއާ ގުޅުވާ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލް ނެޝަނަލް ކޮންގްރެސް އިން އަމަލުކުރަމުންދާ ގޮތާ މެދު ހިތް ހަަމަ ނުޖެހިގެން އިހުތިޖާޖުކޮށްފިއެވެ.

Advertisement

ޗެނަލް13އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާޓީއަށް ހިދުމަތް ކޮށްދީފައި ނުވާކަމަށް ބުނެ އާ އަދި ފިތުނަ އުފައްދަނީ ކަމަށްބުނެ ބައެއް މެމްބަރުންނަށް ނަން އަނބުރާ ނެގުމަށް އަންގާ ދަނީ ސިޓީ ފޮނުވަމުންނެވެ.

އަބްދުއްރަހީމުއަށް މަޖިލިސް ރައީސް ކަމަށް އާދެވެން އޮތީ އޭނާ ރުހޭ ބަޔަކަށް މަޖިލިސް ގޮނޑިތަކުގައި ވާދަކުރަން ފުރުސަތު ދީގެން ކަމަށް ވުމުން، ޕާޓީއަށް ވަފާތެރި އެތައް ބަޔަކު ފެއަށް ޖައްސާ ޓިކެޓުތައް ތަބަކަށް ލާފައި ބަހަމުންދާ ކަމަށް ބުނެ ސީޓްރެކް ބިލްޑިންގގެ 7 ވަނަ ފަންގި ފިލާގައިވަނީ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ.

މިކަމާ ގުޅިގެން ޗެނަލްްއާ ވާހަކަ ދައްކަމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ، ސިޓީގައި ކޮންމެ އެއްޗެއް އޮތް ނަމަވެސް އެމީހުންނަކި އަބަދުވެސް ރައީސް ޔާމީންއަށްޓަކައި އެ ޕާޓީގައި މަސައްކަތްކުރި ބައެއް ކަމަށާ އެހެންކަމުން އެމީހުންގެ ހިތުގައި ރައީސް ޔާމީންއަށް އޮތް ލޯބި އަދި ޓިކެޓެއް އަތުލިކަމަކުން ފިލައިގެން ނުދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޕާޓީއަށް ދެން މެމްބަރުން "ހެސް" ކިޔާފައި ދާނީ އިތުރުވަމުން ކަމަށާ ރިޔާސީ އިންތިހާބުގައިވެސް އަބްދުއްރަހީމު ރައްޔިތުންނަށް އޮޅުވާލީ ކަމަށާ އަދި މީހާރު އެ ގެންދަނީ ރޯމާ ދުވާލު ޕާޓީ ތެރެއިން ވައްކަން ކުރަމުން ކަމަށް ބުނެ ވެސް މީހުންވަނީ ނުރުހުންފާޅުކޮށްފައެވެ.

ޕީއެންސީ ޕްރައިމަރީގެ ކަންކަމާ މެދު ހިތް ހަަމަނުޖެހި އިހުތިޖާޖުކޮށްފައިވާއިރު ރައީސް ޔާމީން އަތުން ދެ ޕާޓީ ޖަހައިގަނެގެން އުޅެނީ ޕާޓިއެއް ވެސް އުފެއްދުމުގެ ގާބިލުކަން އަބްދުއްރަހީމުމެން ކިބައިގައި ނެތުމުން ކަމަށްވެސް ގިނަ ބަޔަކު ބުނަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved