މަސްވެރިންގެ ހައްގުތަކަށް އަރައިނުގަތުމަށް ރައްޔިތުން ސޯޝަލް މީޑިއާގައި ގޮވާލަން ފަށައިފިއެވެ.
މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އޮތުމުގެ ސަބަބުން މަސްވެރިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަމުންނެވެ.
މިކަމާގުޅިގެން ގިނަ ދިވެހި ރައްޔިތުންތަކެއް އަންނަނީ ސޯޝަލް މީޑިއާގައި މަސްވެރިންނަށް އެމީހުންގެ ފައިސާ ދިނުމަށް ގޮވާލަމުންނެވެ.
އެގޮތުން ގިނަ ރައްޔިތުންނެއް އަންނަނީ މިފްކޯއިން އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫއަރާފަދައިން މުޒާހަރާކޮށް އެމީހުންގެ ހައްގުތަކަށް އެދި ގޮވަމުން އަންނަ މަސްވެރިންގެ ފަރާތުން މަސް ނުގަންނާނެކަމަށް ބުނެ އިންޒާރު ދީފައިއެވެ. މިކަމާއި ގުޅިގެން ހަސަން ކުރުސީގެ އެކްސް ހޭންޑަލްގައި ކުރެވުނު ޕޯސްޓުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މިފްކޯގެ މި ބިރުދެއްކުމުގެ އަމަލު ކުށްވެރިކޮށްފައިއެވެ.
This is a 100% illegal warning.
— Hassan Kurusee (@HKurusee) June 23, 2024
They’re protesting cause gov is not paying. Threats to stop buying fish if they protest violates basic principles of contract law in UN Convention on CISG which mandates that parties fulfill their contractual obligations. This also kills their… https://t.co/CH8x41GQLB pic.twitter.com/5AzreWYksX
މިފްކޯގެ އޮޕަރޭޝަންތަކަށް ހުރަސް އަޅާ މަސްދޯނިތަކަށް އެ ކުންފުނިން ފައިސާ ނުދޭނެކަމަށް މިފްކޯއިން މަސްވެރިންނަށް އިންޒާރު ދީނުމަކީ ގާނޫނާއި ޚިލާފުކަމެކެވެ.
މި އިންޒާރަކީ އެއީ މިއީ ބައިވެރިވާ އައިއެލްއޯގެ މުއާހަދާ ނަންބަރު 95، ޔޫޑީއެޗްއާރުގެ 23 ވަނަ މާއްދާ އަދި އައިސީއީއެސްސީއާރުގެ 7 ވަނަ މާއްދާއާ ހިލާފުވުމެކެވެ.
އެހެންކަމުން މި މަސްދޯނިތަކުން އޮޕަރޭޝަންތަކަށް ހުރަސް އަޅަމުން އަންނަނީ އެމީހުންނަށް ހައްގު ފައިސާ ނުލިބުމުގެ ސަބަބުންނެވެ. އެހެންކަމުން މި އިންޒާރު ވާނީ ބްލެކްމެއިލަށް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ސަރުކާރާއި މިފްކޯއަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.