March 20, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ޕީއެންސީ އެދަނީ ބޮކި ޖަހާފަ އަޑިއަށް: މަލީހު

Aishath Alaina
އައިޝަތު އަލައިނާ
Jun 24, 2024, 04:55 PM
މާލެ ސިޓީ

ޕީއެންސީ އެދަނީ ބޮކިޖަހާފަ އަޑިއަށްކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

އާދިއްތަ ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަން ކުރާ ޕާޓީގެ އައު ޖަގަހަ، އަދި އެ ޕާޓީގެ މައި ޖަގަހަ ހުޅުއްވާދެއްވާފައިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ފައިސާގެ ދަތިކަމާއި މެދު ނުހަނު ހިތްޕުޅާވެގެން ވާހަކަފުޅުދައްކަވާފައިއެވެ.

މަލީހު ވިދާޅުވީ، މިފަދަ ވާހަކަދެއްކުމަކީ ވަރަށް ޒިންމާކުޑަ، ބިރުވެރި ކަމެއް ކަމަށެވެ. އަދި މަޖިލިޙުގެ ރައީސް އަކީ ޕީއެޗްޑީ މި ލަފްޒުވެސް ކިޔަން ނޭނގޭނެ ބޭފުޅެއް ކަމަށް މަލީހު ވަނީ ތުހުމަތު ކުރައްވާފައިއެވެ.

މިފަދައިން ޖާހިލުކަމާއިއެކު ތައުލީމަށް ހަޖޫ ޖަހާ ތައުލީމް އުނގެނުން ދަށް ފެންވަރު ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ޕޯސްޓު ނިންމާލަމުން މަލީހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved