
ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިކުނޑިފުޅާ އެމަނިކުފާނުގެ، އެވިސްނުންފުޅު ޖަހައި ނުގަނެވޭނެކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ބައެއް ފަރާތްތަކުން ވަނީ ރައީސް ޔާމީނަށް ފާޑުކިޔުންތައް އަމާޒުކޮށްފައިއެވެ.
މިކަމަށް ރައްދުދެއްވާ ޑރ. ޖަމީލު ވިދާޅުވީ، މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އުޅުއްވަނީ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަމާނާތެއް އަމިއްލަފުޅުކުރައްވައިގެން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓަށް ރައީސް ޑރ. މުއިއްޒުއާ އާދަމް ޝަރީފު ވާދަކުރެއްވި އިރު، ރައީސް މުއިއްޒު ޓިކެޓު ކާމިޔާބު ކުރެއްވީ އެންމެ 2 ވޯޓުގެ ތަފާތުން ކަމަށް ޑރ. ޖަމީލު ހަނދުމަފުޅު އެރުއްވިއެވެ. އަދި އެހާހިސާބަށް ވޯޓު ދިޔަ އިރު މުއިއްޒު ހުރީ ކުޜީގެ ރައީސް އިބްރާހިމް މުހއްމަދު ސޯލިހުގެ ރަނިންގ މޭޓަށް ވާން ތައްޔާރަށް ކަމަށާއި، މިއަދު ރައީސް މުއިއްޒުއަށް ދިވެހިންގެ ރާއްޖެ ހައްގުކަމަށް ބުނެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮނިކަނޑަމުން އަންނާތީ އެކަމާ މެދު ޑރ. ޖަމީލު ވަނީ ސުވާލު އުފައްދަވާފައިއެވެ.
ޑރ. ޖަމީލު ވިދާޅުވީ އަބްދުއްރަހީމަށް މިއަދު އެ އުޅުއްވަނީ އެމަނިކުފާނާއި އެ މަނިކުފާނުގެ ތައުލީމް އަދާނުކުރައްވާ ސިޔާސީ އިސް މަގާމުގައި ހުންނެވި ދަރިކަލުން އެއީ ދިވެހިންނަށް ޖެހުނު ކިހާވަރެއްގެ މުސީބާތެއްކަން ނޭނގިގެން ކަމަަށެވެ.
ރައީސް ޔާމީންއާއި އެފަދައިން އަޅާކިޔުއްވަން އުޅުއްވަނިކޮށް ފަލީހަތް ވެގެން ދާނީވެސް ހަމަ މިއަދުގެ ސިޔާސީ އިސް ވެރިންކަމަށް ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ. އަދި ދޮގު ވާހަކަފުޅު ނުދެއްކެވުމަށާއި ދިވެހި ރައްޔިތުންނަށް ދޮގު ވައުދުތަށް ނުވުމަށްވެސް ޑރ. ޖަމީލު ވަނީ ސަރުކާރުގެ ކިބައިން އެދިވަޑައިގަންނަވާފައިއެވެ.










