މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރިޔާސީ ޓިކެޓު ދިނީ އޭނާގެ މަކަރާ ހީލަތުން ކުރިއާލާ ރާވައިގެން ކަމަށް މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އިއުތިރާފް ވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ޕީއެންސީގެ މައި ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެގޮތުން އަބްދުއްރަހީމް ވަނީ، ރައީސް ޔާމީންގެ ގޮތްޕުޅު އެނގިވަޑައިގަންނަވާތީ, ރިޔާސީ އިންތިޚާބުގެ ޓިކެޓް މިހާރުގެ ރައީސް، ރައީސް ޑރ. މުޢިއްޒަށް ދެއްވުމަށް ވިސްނެވިކަން ހާމަކުރައްވާފައިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި ދިމާކޮށް އެމަނިކުފާނު ދެއްކެވީ މިވާހަކަތަކާއި މުޅިން ހިލާފު ވާހަކަތަކެކެވެ.
އިންތިޚާބާއި ދިމާކޮށް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ "ޕްލޭންއޭ، ބީ، ސީ" ކަމަށެވެ. ނަމަވެސް މިއީ ދޮގުވާހަކަތަކެއް ކަން އާދިއްތަ ދުވަހުގެ ރޭ މިވަނީ އަދުރޭގެ އަމިއްލަ އިޢުތިރާފުން ހާމަވެފައެވެ.
ފޯރީގައި ވާހަކަދައްކަމުން އަދުރޭ ވަނީ މާ ކުރިންވެސް އޭނަގެ ސިކުނޑީގައި އޮތީ ރައިސް ޑރ. މުއިއްޒުއަށް ޓިކެޓު ދިނުމަށް ކަން ހާމަކޮށްފައެވެ. އަދި ރައިސް ޔާމީންގެ އެދުމާއި އެއްގޮތަށް އިންތިޚާބު ބޮއިކޮޓުކުރަން މަަސައްކަތްކުރެއްވީ ދެއްކުންތެރިކަމަށް ކަންވެސް މިހާރު މިވަނީ ހާމަވެފައިއެވެ.
ރައީސް ޔާމީންގެ ނަންފުޅު ބޭނުންފުޅުކުރައްވައިގެން، އެމަނިކުފާނުގެ ނަމުގައި ހުސް ގޮނޑިއެއް ކޮންމެ ކެމްޕޭނު ޖަލްސާގައި ބަހައްޓަވައިގެން ކޮންމެ ޖަަލްސާއަކު ރައްޔިތުންނާއި މުޚާތަބު ކުރެއްވި އިރު އެމަނިކުފާނު މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެ ހިތާމައާއި އެކު ދެއްކެވި ވާހަކަތަކަކީ މުޅިންވެސް ދޮގާއި މަކަރުން ދެއްެކެވި ވާހަކަކަން މިއަދު މިވަނީ އަމިއްލަ ފުޅަށް އެއްބަސް ވެވިފައިއެވެ.
ހަގީގަތުގައިވެސް މި ސަރުކާރުން މި އަންނަނީ އެމީހުންގެ އަސްލު ކުލަތައް ރައްޔިތުންނަށް ހާމަކުރަމުންނެވެ. ސަރުކާރުގެ މަކަރާއި ހީލަތް ވަނީ ވެރިކަން ފެށުމުގެ މާކުރިން ފެށިފައިކަންވެސް މި އަންނަނީ ފެންމަތިވަމުންނެވެ.