March 21, 2026
Advertisement
އަދުރޭއާ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން
އަދުރޭއާ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން / ސަން އޮންލައިން

ރައްޔިތުން އަދުރޭއަށް: ވެރިކަން ހޯދީ ރައީސް ޔާމީނަށް ޣައްދާރުވެގެން ކަން ހާމަވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jun 24, 2024, 06:07 PM
މާލެ ސިޓީ

ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި އަބުދުއްރަހީމު އަބްދުﷲ (އަދުރޭ) ރައީސް އަބްދުﷲ ޔާމީނަށް ޣައްދާރުވެފައިވާކަން ހާމަވެއްޖެ ކަމަށް ދިވެހި ރައްޔިތުން ބުނެފިއެވެ.

Advertisement

ރައީސް ޔާމީނަށް ވަގަށް. ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދަދޭން ރޭވުންތައް ރޭވިކަމަށް އަދުރޭ ވިދާޅުވުމާ އެކު ރައްޔިތުންވަނީ އަދުރޭއަކީ ރައީސް ޔާމީނަށް ހަރާންކޯރުވެފައިވާމީހެއްކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން އަދުރޭއަކީ ބަތާ ހަރާމީއެއް ކަމާ ރައީސް ޔާމީނަށް ޣައްދާރުވީ މީހަކު ރައީސް މުއިއްޒަށްވެސް ޣައްދާރުވާނެކަން ދަންނަ ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިންވެސް ފުންމާނެކަން ރައީސް މުއިއްޒުވެސް މިއަދު އަތް ޖައްސަވަން އިންނަވާ ވިސްނަން ޖެހޭ ކަމަށް ވެސް ބައެއް ރައްޔިތުން ބުނެފައިވެއެވެ.

އަދުރޭއަށް ރައްދު ދީ ރައްޔިތުން ކޮށްފައިވާ ކޮމެންޓު
އަދުރޭއަށް ރައްދު ދީ ރައްޔިތުން ކޮށްފައިވާ ކޮމެންޓު

ރައީސް ޔާމީންގެ ވާހަކަ އަދުރޭއަށް ދެއްކެން ނެތް ކަމަށާ އަދުރޭގެ ޕްޕލޭން އަބަދުވެސް އޮތީ ރައީސް ޔާމީން ނުހައްގުން ޖަލުގައި ބާއްވައިގެން އެމަނިކުފާނުގެ ފޮޓޯފުޅާ ނަންފުޅުވެސް ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަން ހޯދުން ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ ހައްގުގައި ރޭވި ރޭވުމެއް ކަމަށް އަދުރޭ ބުނާއިރު ފެނިގެން ދަނީ އަދުރޭ ވެރިކަން ގެނައީ އަދުރޭ ވަންހައިގެން މީހުންނަށް ވަޒީފާދީ މުޅި ގައުމު ދަވާލަންކަން ހާމަވަމުން ދާ ކަމަށް ބުނެވެސް ބައެއް މީހުން އަދުރޭއަށް ފާޑުކިޔާފައިވެއެވެ.

އަދުރޭއަށް ފާޑުކިޔާ ކޮށްފައިވާ ކޮމެންޓްސް
އަދުރޭއަށް ފާޑުކިޔާ ކޮށްފައިވާ ކޮމެންޓްސް

އަދުރޭއަށް ރައްދު ދީ އިތުރު މީހަކު ބުނެފައިވަނީ އަދުރޭ އަދުރޭއަކަށް ހެދީ ވެސް ރައީސް ޔާމީން ކަމަށާ އަދުރޭއަށް އަދުރޭގެ ދޮގުތަކުގެ އަސަރު ދުނިޔެމަތިން ފެންނާނެ ކަމަށެވެ.

މިއާއުއެކު އަދުރޭއަކީ މަޖިލިސް ރައީސްކަމަށް ކުފޫ ހަމަނުވާ މީހެއްކަން ހާމަވެއްޖެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ރައީސް ޔާމީން ވިދާޅުވި މިނިކާ ބާޒުތައް މިހާރު އެބަ ހާމަވާ ކަމަށްވެސް ބުނެ ގިނަ ބަޔަކު އަދުރޭއަށް ފާޑުކިޔާފައިވެއެވެ.

އަދުރޭއަށް ފާޑުކިޔާ ކޮށްފައިވާ ކޮމެންޓްސް
އަދުރޭއަށް ފާޑުކިޔާ ކޮށްފައިވާ ކޮމެންޓްސް

އަދުރޭ ހިތުން މޮޅުތަކެއް ވާނެ ކަމަށް ދެއްކި ވާހަކއާ އެކު އޭނާގެ އަގު އިތުރަށް ރައްޔިތުން ކުރިމަތީ ވެއްޓި އޭނާގެ މުނާފިގުކަން މިވަނީ ހާމަވެގެން ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved