March 12, 2026
Advertisement
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު / ތޭރަ އޮންލައިން

ނޫސްވެރިންނަށް ފަލާހުގެ އިންޒާރެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 24, 2024, 08:59 PM
މާލެ ސިޓީ

ޓީވީ ސްޓޭޝަންސްތައް ހަދައިގެން ސަރުކާރު ޒިންމާދާރު ކުރުވަން ކުރާ މަސައްކަތުގައި ނޫސްވެރިން މަޖިލީހަށް ޙާޒިރުކުރާނެ ކަމަށް މެޖޯރިޓީ ލީޑަރު އިބްރާހިމު ފަލާހުގެ އިންޒާރެއް ނޫސްވެރިންނަށް އަމާޒުކޮށްފިއެވެ.

Advertisement

ވެރިކަން ކުރާ ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރާ ފަލާހު ވަނީ ސަރުކާރާ ދެކޮޅަށް ދޮގުތައް އުފައްދަނީ ދައުލަތުން ފައިސާ ނަގައިގެން ސިޔާސީ ޕާޓީތަކުން ހިންގާ ޓީވީ ޗެނަލްތަކުން ކަމަށް ިވދާޅުވެފައެވެ. އަދި އެ ޓީވީ ސްޓޭޝަންސްތަކުން ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދފުމާ ދޮގު ވާހަކަ ފެތުރުން ފަދަ ކަންކަން ހިންގަމުން ދާކަމަށް ފަލާހު ތުހުމަތުކޮށްފައިވެއެވެ.

އެހެންކަމުން "ޕާޓީތަކުން ހިންގާ ޓީވީ ޗެނަލްތައް" މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރާނެކަމުގެ އިންޒާރު ފަލާހު ދީފައިވެއެވެ.

ދައުލަތުން ފައިސާ ނަގައިގެން ހިންގާ ޕާޓީތަކުގެ ޓީވީ ސްޓޭޝަންސްތައް މަޖިލީހަށް ހާޒިރުކުރެވޭނެ ގޮތް ގޮތް އެބަހުރި. އެ ނުކުތާތަކުގެ ތެރެއިން ހާޒިރުކުރާނަން ސަރުކާރާ ގުޅޭ ގޮތުން ދޮގު ވާހަކަ ދައްކާކަމުގައި ވަނީ ނަމަ

ފަލާހު

ފަލާހު މިފަދައިން އިންޒާރުދިފައި މިވަނީ ނޫސްވެރިންނަށް ދަތިކޮށް ނޫސްވެރިކަމަށް މި ސަރުކާރުގެ ބޮޑުން ހުރަސް އަޅަމުން ގެންދާކަމުެގ ތުހުމަތު ގިނަ ބަޔަކު ކުރަމުން ގެންދާވެސް ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved