March 11, 2026
Advertisement
ގެއްލިގެން ހޯދަމުންދާ ޒިހާން
ގެއްލިގެން ހޯދަމުންދާ ޒިހާން / ޕޮލިސް މީޑިޔާ

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 24, 2024, 09:04 PM
މާލެ ސިޓީ

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ހ. ބްލޫސްކޫޕް ހުސައިން ޒިހާން (18އ) އެވެ.

އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ ޒިހާން މިހާރު އުޅެނީ ހ. ބްލޫޑްރީމްގައި ކަމަށް ފުލުހުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ޒިހާންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ފަހަކަށް އައިސް މާލެއިން ޒުވާނުން ގެއްލިގެން ރިޕޯޓުކުރުން ވަނީ އާންމުކަމަކަށް ވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved