March 21, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

މަލީހް ސިފަކުރެއްވީ އަދުރޭ ޖާހިލެއްގެ ގޮތުގައި!

Aishath Naja
އައިޝަތު ނަޖާ
Jun 24, 2024, 11:42 PM
މާލެ ސިޓީ

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ މި ފަސްގަނޑު ނުދެކޭފަދަ މުރައްކަބު ޖާހިލެއްގެ ގޮތުގައި ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސިފަކުރައްވައިފިއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ މައިކަކާ ޕޯޑިއަމެއް ދިނީމަ އެހެން ބަޔަކު އިތުރު ކަމެއް ނުކުރިޔަސް އަދުރޭ ފައިބާނީ ބޮލާ ފޮށާއަޅައިގެންކަމަށެވެ.

މަލީހް މިފަދައިން ވިދާޅުވެފައި އެވަނީ އާދިއްތަ ދުވަހު ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ރައީސް ޔާމީން ނޫންގޮތެއް ހޯދާފައި އޮތް ކަމަށް އަމިއްލައަށް އިއުތިރާފް ވުމާއި ގުޅިގެންނެވެ.

މަލީހް އިތުރަށް ވިދާޅުވީ އަދުރޭ ހަލާކުވެގެން އެ ދަނީ އަމިއްލައަކަށް ކަމަށެވެ.

އަދި އަދުރޭ އަކީ ރައީސް ޔާމީން ހަވާލުކުރެެއްވި އަމާނާތައް ހިޔާނާތްތެރިވެފައި ހުންނެވި ބޭފުޅެއްކަމަަށް ވެސް މަލީހް ވަނީ ވިދާޅުވެފައެެވެ.

ރައީސް ޔާމީންގެ ގޮތްޕުޅު އެނގިވަޑައިގަންނަވާތީ, ރިޔާސީ އިންތިޚާބުގެ ޓިކެޓް މިހާރުގެ ރައީސް، ރައީސް ޑރ. މުޢިއްޒަށް ދެއްވުމަށް ވިސްނެވިކަން އަދުރޭ ހާމަކުރެއްވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އަދުރޭ އަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved