March 21, 2026
Advertisement
ޑރ ޖަމީލް އަދި އަދުރޭ
ޑރ ޖަމީލް އަދި އަދުރޭ / ސޯޝަލް މީޑިއާ

ޑރ ޖަމީލް އަދުރޭ އަށް: އޭ މިހިރަ ބާ ޓިނުގަނޑާއެވެ!

Aishath Naja
އައިޝަތު ނަޖާ
Jun 25, 2024, 02:03 AM
މާލެ ސިޓީ

މިރޭ ކުރިޔަށްދާ ޕީޕަލްސް ނެޝަނަލް ފްރޮންޓް ޖަލްސާއިން މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާރޕާސަން އަބްދުއްރަހީމް އަބްދުﷲ އަށް ވަރަށް އަސަރުކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ ޖަމީލް ވަނީ އަދުރޭ ބާ ޓީނު ގަނޑެއްގެ ގޮތުގައި ސިފަ ކުރައްވާ މިރޭގެ ޕީއެންއެފް ޖަލްސާއިން ޖުއްލާބުގެ އަސަރު ކުރުވާނެ ކަމަށް ބުނެފައެވެ.

މިރޭގެ ޖަލްސާއަށް ފަހު ޕޯޑިއަމްތަކަށް އަރައިވަޑައިގެން ކަރު ބުޑުން ހަޅޭލަވާފައި ވާހަކަ ދައްކަން އަދުރޭ ޖެހިލުންވާނެ ކަމަށް ވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

އެންމެ ހުތުރު އަޑަކީ ހިމާރުގެ އަޑުކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެ އަދުރޭއަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved