March 20, 2026
Advertisement
މެންބަރު އިބްރާހީމް މުހައްމަދު
މެންބަރު އިބްރާހީމް މުހައްމަދު / މަޖިލިސް

ރައީސް މުއިއްޒުގެ ޅިޔަނު މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް މީހުން ޖޯކު ޖަހަނީ!

Aishath Naja
އައިޝަތު ނަޖާ
Jun 25, 2024, 12:01 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޅިޔަނު، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް މުހައްމަދު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކަށް މީހުން ޖޯކު ޖަހަން ފަށައިފިއެވެ.

Advertisement

އެގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު ހުސައިން އިމްރާން ލަތީފު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ކުރި ބަހުސްގައި މެމްބަރު އިބްރާހީމް ވިދާޅުވީ އެފަދަ ބިލެއްގެ މުހިންމުކަން އެކި ދިމަދިމާލުން ފެންނަން އެބަހުރި ކަމަށެވެ.

އެފަދަ ހައްސާސް އެއް ކަމަކީ އަންހެނުންގެ ސިއްހަތު ކަމަށް މެމްބަރު އިބްރާހިމް ވިދާޅުވިއެވެ.

ތަރުކާރީގެ ސިފައިގައި، އެކިއެކި ވިހަ މާއްދާތައް އެކުލަވައިގެން އުފެއްދިފައި ހުރި، ނުވަތަ އެކަށީގެން ނުވާ ގުރޯތު ހޯމޯން، ތަރުކާރީ މޭވާގެ ތެރޭގައި ހިމެނިގެން އައިސް އެ ކެވިގެން، ވަރަށް ޅައުމުރުގައި އަންހެން ކުދިންގެ މޫނުމަތީގައި ފެންނަން ނުޖެހޭ އިސްތަށި ފެނި އެފަރާތްތަކުގެ ރީތިކަަމަށް ބުރޫއަރައިގެންދާ މަންޒަރު ފެންނަ ކަމަށް މެމްބަރު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

އެއީ ވަރަށް ދެރަކަމެއް ކަަމަށާއި އެއީ ޕްރިވެންޓް ކުރަން ޖެހޭ ކަންކަން ކަމަށް ވެސް އޭނާ ވަނީ ބަހުސްކުރައްވަމުން ވިދާޅުވެފައެވެ.

ޅައުމުރުގެ ކުދިންނަށް ވެސް އެ މައްސަލަ ކުރިމަތިވާ ކަމަށާއި އެކަމުގެ ސަބަބުން އެކުދިން ބުލީގެ

މެމްބަރު އިބްރާހިމްގެ މި ވާހަކަތަކަށް މީސްމީޑިޔާގައި އެކި އެކި ފަރާތްތަކުން އަންނަނީ ޖޯކު ޖަހަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved