ޕްރޮސެކިޔުޓާރ ޖެނެރަލް ހުސައިން ޝަމީމް އަކީ މަގާމަށް ކުފޫ ހަމަ ނުވާ، ބޯޅަ ކިންކިރި މަލެއް ކަމަށް ޕީއެންއެފްގެ ސެކެޓްެރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މަލީހް ވިދާޅުވީ އަދުގެ ސަރުކާރުގެ އިސް ފަޑީގައި ތިއްބެވި ފަރާތްތަކަށް ޝަމީމް ގޯސްވީ އޭރުގައި ކަމަށެވެ. މިއަދު އެބޭފުޅުންނަށް ކުއްލިއަކަށް ޝަމީމް މަގާމަށް ކުފޫ ހަމަވެއްޖެ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ޝަމީމް ފެންގަނޑަކަށް އެރިގެން އަޔަސް އޭނާ އިސްލާހް ނުވާނެ ކަމަށެވެ.
ޝަމީމް މަގާމަށް ކުފޫ ހަމަ ނުވާ އެއް ސަބަބު މަލީހް ވަނީ ފާހަގަކުރައްވާފައެވެ.
ޕީޖީ ޝަމީމަކީ އެ މަގާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން. ޕީޖީ ޝަމީމް ވަކި ކުރަން އެބަ ޖެހޭ
އެގޮތުން ކުރީގެ މަޖިލިސް މެމްބަރު ނިހާންގެ މައްޗައް ދައުލަތުން އޭރު ކުރި ހުރިހާ ދައުވާ އެއް އަނބުރާ ގެންދިޔުމާއި ކުއްލިއަކަށް ޝަމީމް ބޭނުންފުޅުވެލެއްވީމާ، ނިހާން ހުދު ކާފޫރަކަށް ވެއްޖެ ކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.